މައިކްރޯސޮފްޓްގެ އެޖް ބްރައުޒަރު މިހާރު އެންޑްރޮއިޑް ފޯނުތަކުގައި އެކްސްޓެންޝަން ސަޕޯޓް ހިމަނައިފިއެވެ.
މިއީ އެންޑްރޮއިޑް ޕްލެޓްފޯމްގެ ވެރިފަރާތްކަމުގައިވާ ގޫގުލްގެ ކްރޯމް ބްރައުޒަރުގައިވެސް ނުލިބޭ ފީޗަރެކެވެ.
ކްރޯމިއަމް ޕްރޮޖެކްޓުން އުފައްދާފައިވާ އެއް ލޭއައުޓް އިންޖީނުގެ މައްޗަށް ބިނާވެފައިވީނަމަވެސް، އެޖް ބްރައުޒަރު ކްރޯމްއާ ތަފާތުކުރުމަށް މަސައްކަތްކުރަމުންދާކަން މިކަމުން ފާހަގަކުރެވެއެވެ. މިހާރު އެޖްގެ އެންމެ ފަހުގެ ސްޓޭބަލް ވަރޝަން (134.0.3124.57) އިން އެކްސްޓެންޝަން ސަޕޯޓް ލިބެއެވެ.
މައިކްރޯސޮފްޓްއިން އެޖް ބްރައުޒަރުގެ ނަން "އޭއައި ބްރައުޒަރު" އަށް ބަދަލުކޮށްފައިވާކަންވެސް ފާހަގަކުރެވެއެވެ. އެކްސްޓެންޝަން ސްޓޯރ ވެބްސައިޓް މެދުވެރިކޮށްވެސް ބޭނުންކުރެވޭނެއެވެ. ނަމަވެސް ފުރިހަމަ ތަޖުރިބާއެއް ލިބުމަށްޓަކައި މޯބައިލް ޑިވައިސްއެއް މެދުވެރިކޮށް ބަލަންޖެހޭނެއެވެ.
ބްރައުޒަރ އެކްސްޓެންޝަންތަކަކީ ޕީސީތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ބޭނުންކުރެވެމުންދާ ފީޗަރއެކެވެ. މިހާރު މި ފީޗަރ މޯބައިލް ޕްލެޓްފޯމްތަކުގައިވެސް މަޤްބޫލުވަމުން އަންނަކަން ފާހަގަކުރެވެއެވެ.
މި ފީޗަރގެ ސަބަބުން މައިކްރޯސޮފްޓުގެ އެޖް ބްރައުޒަރު ބޭނުންކުރާ އެންޑްރޮއިޑް ފޯނު ބޭނުންކުރާ ފަރާތްތަކަށް، ބްރައުޒަރގެ މައިގަނޑު ފަންކްޝަންތަކަށް އިތުރު ފަންކްޝަންތައް އިތުރުކުރެވޭ އެކްސްޓެންޝަންތައް ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާނެ، އޭގެ ތެރޭގައި ޕޭޖު ބްލޮކްކުރުން، އިޝްތިހާރުތައް ނައްތާލުން، ޕާސްވޯޑުތައް މެނޭޖްކުރުން، ސޯޝަލް މީޑިއާ ބްލޮކަރުތައް، ޝޮޕިންގ ޑީލްތައް ހޯދުން ފަދަ އެތައް އިތުރު ފަސޭހަކަމެއް ލިބިގެންދާނެ ކަމެކެވެ.
މިއީ އަދިވެސް އެންޑްރޮއިޑްގެ އެއްވެސް މޭޖަރ ބްރައުޒަރެއްގައި ލިބެންނެތް ފަންކްޝަނެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!