ދުނިޔޭގެ ނުރައްކާތެރި ބައެއް ޕެތޯޖަންސް ދިރާސާކުރުމަށް ޗައިނާގެ ވުހާންގައި ތައްޔާރުކޮށްފައިވާ ލެބް ސެޓަޕްއަކުން ސާރސް ފަދަ ނުރައްކާތެރި ވައިރަސް ބޭރުތެރެއަށް ފެތުރިދާނެކަމަށް 2017 ވަނަ އަހަރު ސައިންސްވެރިން ވަނީ އިންޒާރުދީފައެވެ.

މިއަދު މިވަނީ ސާރސް އާ އެއްފަދަ ކޮރޯނާ ވައިރަސް ވުހާން އަށް ފެތުރި 800 އަށް ވުރެއް ގިނަމީހުންނަށް މި ވަރިސް ޖެހި، ދުނިޔޭގެ އިތުރު 10 ޤައުމަކަށް މިނުރައްކާތެރި ވައިރަސް ފެތުރި ، 25 އަށް ވުރެ ގިނަ މީހުން ވުހާން އަދި ވުހާން ކައިރި ހިސާބުތަކުގައި މަރުވެފައެވެ.

Ad
rt

ޗައިނާއިން 2017 ވަނަ އަހަރު އެބޯލާ އަދި ސާރސް ފަދަ ނުރައްކާތެރި ރިސްކު ބޮޑު ވައިރަސް ދިރާސާކުރުމަށް ހަތް ވަރަކަށް ބަޔޯލެބް ހުޅުވުމަށް ތައްޔާރުކޮށް ވުހާން ގައި ފުރަތަމަ ލެބޯޓްރީ ވަނީ ހުޅުވާފައެވެ.

މޭރީލޭންޑްގެ ބައޯ ސޭފްޓީ ކޮންސަލްޓަންޓެއް ކަމުގައިވާ ޓިމް ޓްރޭވަން ނޭޗަރއަށް ދެއްވި އިންޓަރވިއުގައި ވަނީ މިކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. މީގެ އިތުރުން ނޭޗަރ، ނޫހުގައި ބަޔާން ކޮށްފައިވާ ގޮތުން ސަރސް ވައިރަސް ވަނީ ބެއިޖިންގ ގައި ގާއިމުކޮށްފައިވާ ލެބަކުން އެތައްފަހަރަކު ފެތުރިފައެވެ.

ވުހާން ނޭޝަނަލް ބައޯ ސޭފްޓީ ލެބޯރެޓަރީ ހުންނަނީ ހުއަނާންގެ މާރުކޭޓަކާއި 20 މޭލްދުރުމިނުގައި ކަމަށްވެފައި މިވައިރަސް މިއަވަށުން ފެތުރުން މީ އިއްތިފާގެއް ކަމުގައި އެއްބަޔަކު ދެކޭއިރު ބައެއް ސައެންސް ވެރިން ދެކޭގޮތުގައި މިވައިރަސް ފެތުރިފައި މިވަނީ ވައިރަސް އަށް ބަދަލު ތަކެއް އައުމަށްފަހު މާރުކޭޓު ތެރެއިން ތަފާތު ޖަނަވާރާއި މަހުގެ ޒަރިއްޔާއިން އިންސާނުންނަށް ފެތުރުމުން ކަމުގައި ދެކެއެވެ.

އިނގިރޭސި ވިލާތުގެ ޑެއިލީ މެއިލް ނޫހަށް މައުލޫމާތު ދެއްވަމުން ރަޓްގަރސް ޔުނިވަރސިޓީގެ މައިކްރޯ ބައޯލޮޖިސްޓް ޑޮކްޓަރު ރިޗަރޑް އީބްރައިޓް ވިދާޅުވެފައިވަނީ ވައިރަސް ފެތުރިފައިވަނީ ލެބޯޓްރީން ކަމަށް ޝައްކުކުރުމުގެ ސަބަބެއް ނެތްކަމަށާއި، އޭގެ ބަދަލުގައި ޑޮކްޓަރުންނަށް މިވައިރަސް އުފެދިފަވާގޮތާއި މަސައްކަތް ކުރާގޮތް ދެނެގަނެވޭނެ ގޮތް ޒިންމާދާރުކަމާ އެކު ހެދުން މުހިއްމުކަމަށެވެ.

ވުހާން އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީގައި ހަދާފައިވާ ވުހާން ނޭޝަނަލް ބައޯ ސޭފްޓީ ލެބޯޓަރީ އުފައްދާފައިވަނީ ދުނިޔޭގެ އެންމެ ބާރުގަދަ ވައިރަސްތައް ރިސަރޗް ކުރުމުގެ އުންމީދުގައެވެ.

2015 ގައި ލެބް ހެދުމަށްފަހު ސޭފްޓީ ޓެސްޓިންގ ކުރިއަށް ގެންދިއުމަަށްފަހު މި ލެބޯޓަރީ ހުޅުވަން ތައްޔާރު ކުރީ 2017 ވަނަ އަހަރު ފެޑަރަލް އެކްރެޑިއޭޝަން އާއިއެކުއެވެ. މިއީ ޗައިނާގެ ބައޮހޭޒަރޑް ލެވަލް 4 ގައި ތައްޔާރުކޮށް ހުޅުވުނު ފުރަތަމަ ލެބެވެ.

ބަޔޯ ހެޒާރޑް ލެވަލް 4 ގެ ސްޑޭންޑަރޑަކީ އެންމެ ނުރައްކާތެރި ވައިރަސްތައް ތަހުލީލު ކުރުމަށް ދެވޭ ސްޓޭންޑަރޑެވެ. މި ލެބް ގައި މަސައްކަތް ކުރަން ޖެހެނީ ހަޒްމަތު ސޫޓު ލުމަށްފަހު ވައިރަސް ނުވަތަ ބެކްޓީރިއާ ވައިގެ ތެރެއަށް ނުދާ ޚާއްޞަ ފޮށްޓަކާއި އެކުލެވޭ އަންގިއެއް ބޭނުންކޮށްގެން މިކަމަށް ޚާއްޞަ ކެބިނެޓް ތަކެއްގައި ތިބެގެންނެވެ.

ދުނިޔޭގައި ބީއެސްއެލް ލެވަލް 4 ގެ 54 ލެބޯޓަރީ ހުރެއެވެ. މި ލެބޯރޓަރީ ހުޅުވުމަށްފަހު އެންމެ ފުރަތަމަ ދިރާސާތައް ކުރީ ބީއެސްއެލް ލެވަލް 3 ގެ ވައިރަސްއެއް ކަމަށްވާ ކްރުމިއަން ކޮންގޯ ހެމޯހެޖިކް ހުން ފަތުރާ ވައިރަސްއެވެ. މިބައްޔަކީ މި ބަލި ޖެހޭ ދިހައަކާއި ސާޅީސް ޕަސަންޓް މީހުން މަރާލާ ފަދަ ނުރައްކާތެރި ވައިރަސްއެކެވެ.

ނޭޗަރއަށް ދެއްވި އިންޓަވިއު އެއްގައި ލެބްގެ ޑައިރެކްޓަރ ޔުއާން ހިމިން ބުނެފައިވަނީ ސަރސް ވައިރަސް އަކީ ބީއެސްއެލް ލެވަލް 3 ގެ ވައިރަސް އެއްކަމުން މިވައިރަސް ދިރާސް ކުރަން ނިންމީ ކަމަށެވެ. އަދި 2018 ވަނަ އަހަރުގެ ޖެނުއަރީގައި ބީއެސްއެލް ލެވަލް 4 ގެ ވައިރަސްތައް ދިރާސާ ކުރަން ފެށީކަމަށް ވިދާޅުވިއެވެ.

2004 ވަނަ އަހަރު ސަރސް ވައިރެސް އެހެން ލެބޯޓަރީއަކުން ފެތުރުމުން ޗައިނާގެ އޮފިޝަލުންވަނީ ލެބްތަކުގެ ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް ވައިރަސްތައް ދެނެގަތުމުގެ ޤާބިލްކަން އިތުރުކޮށްފައެވެ.

2004 ވަނަ އަހަރު ސަރސް ވައިރަސް ލީކު ވުމާއި ގުޅިގެން ޗައިނާގެ ކުރީގެ މިނިސްޓްރީ އޮފް ހެލްތުން ވަނީ ސަރސް، ކޮރޯނާ ވައިރަސް، ޕެންޑެމިކް އިންފްލުއެންޒާ ފަދަ ނުރައްކާތެރި ވައިރަސްތަކަށް ޕްރިޒަރވޭޝަން ލެބޯރޓަރީ ތަކެއް ތައްޔާރުކޮށްފައެވެ. އަދި މި ލެބް ތަކަކީ ކިހިނެއް ކޮންތާކު ހަދާފައިވާ ލެބްތަކެއް ކަން ހާމައެއް ނުކުރެއެވެ.

ވުހާން ލެބް ގައި ޖަނަވާރު ބޭނުންކޮށްގެން ދިރާސާ ކުރުމުގެ ވަސީލަތްތައް ހުރުމަކީ ވައިރަސްތަކަށް ވެކްސިން އަދި ފަރުވާ ހޯދުމަށް ލިބޭ ވަރަށްބޮޑު އެހީ އެއްކަމުގައި ލެބޯރޓަރީއިން ވަނީ ފާހަގަ ކޮށްފައެވެ. މިގޮތުން ހޯދޭ ތަފާތު ވެކްސިން އިންސާނުންނަށް ޓެސްޓު ކުރުމުގެ ކުރިން، ޓެސްޓު ކުރަނީ ރާމާ މަކުނު ފަދަ ޖަނަވާރު ގެ އެހީގައެވެ.