ހުޅުމާލެ ހޮސްޕިޓަލްގައި ކޮރޯނާ ވައިރަސްއަށް ޝައްކުކުރެވޭ މީހަކު އަދި މިހާތަނަށް ފެނިފައެއް ނުވާކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

ހުޅުމާލޭ ހޮސްޕިޓަލުން ބުނީހުޅުމާލެ ހޮސްޕިޓަލްގައި ކޮރޯނާ ވައިރަސްއަށް ޝައްކުކުރެވޭ މީހަކު އަދި މިހާތަނަށް ފެނިފައެއް ނުވާކަމަށާއި، އާއްމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ހަޤީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް އިލްތިމާސް ކުރާކަމަށެވެ.

Ad
rt

ހުޅުމާލޭ ހޮސްޕިޓަލުން އެހެން ބުނީ ހުޅުމާލޭގައި ކޮރޯނާ ވައިރަސް ޖެހިފައިވާ ޗައިނާ އަންހެނަކު ކަރަންޓީނު ކުރެވިފައިވާކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެންނެވެ.

ދެކެވެމުންދާ ވާހަކަތަކުގެ ޙަޤީޤަތް ހުޅުމާލޭ ހޮސްޕިޓަލުން ހާމަ ކޮށްދެއްވި އިރު، ކޮރޯނާ ވައިރަސް ޖެހިފައިވާ ޗައިނާ އަންހެނަކު ހުޅުމާލޭގައި ކަރަންޓީނު ކުރެވިފައިވާކަމަށާއި، އެކަން ވަނީ ސިއްރު ކުރެވިފައިކަމަށް އަޑުތައް ފެތުރުމުން ހުޅުމާލޭގައި ދިރި އުޅޭ ރައްޔިތުންގެ މެދުގައި ވަނީ ނުތަނަވަސްކަން ފެތުރިފައެވެ.

ޗައިނާގެ ވުހާން ސިޓީގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަހާ ގުޅިހެން ރާއްޖޭގައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައިވާ ކަމަށާއި އެބަލި ޖެހިފައިވާ މީހަކު ފެނިއްޖެނަމަ އެކަހެރިކުރާނީ ކ. ފުނަދޫގައި ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ އިއްޔެ ރޭ ވިދާޅުވެފައެވެ.

އައިސޮލޭޝަން ފެސިޓިލިޓީގައި ކޮރޯނާ ވައިރަހަށް ފަރުވާ ދިނުމަށް ގާއިމުކުރަން ޖެހޭ ވަސީލަތް ހުޅުމާލޭގައި ވަނީ ގާއިމުކޮށްފައެވެ.

ހަލުވި ކަމާއެކު ޗައިނާއާއި އަދި ބައެއް އެހެން ގައުމުތަކުގައިވެސް ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅޭ ގޮތުން މައުލޫމަތު ދިނުމަށް ހެލްތް މިނިސްޓްރީގައި އިއްޔެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވެފައިވަނީ، ރާއްޖޭގައި މިހާތަނަަށް އެ ބަލި ފެނިފައި ނުވާކަމަށާއި އަދި އެ ބައްޔަށް ޝައްކު ކުރެވޭ މީހެއްވެސް ފެނިފައި ނުވާ ކަމަަށެވެ.

ކޮރޯނާ ވައިރަހަށް ރާއްޖެއިން ޓެސްޓް ނުކުރެވެއެވެ. ދުނިޔެއިން އެ ބައްޔަށް ޓެސްޓް ކުރެވެނީ ހަމައެކަނި ހޮންކޮގް އަދި ނެދަލޭޑްސް އިންނެވެ.