މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯގެ މެނޭޖިން ޑިރެކްޓަރ، ޗީފް އެގްޒެކްޓިވް އޮފިސަރ (ސީއީއޯ)ގެ މަޤާމަށް ބްރިގޭޑިއަރ ޖެނެރަލް (ރޓ) ފަރުޙަތު ޝަޙީރު ޢައްޔަނުކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ، މިފްކޯގެ މެނޭޖިން ޑިރެކްޓަރ އަދި ޗީފް އެގްޒެކްޓިވް އޮފިސަރ ކަމުގެ މަޤާމަށް ބްރިގޭޑިއަރ ޖެނެރަލް (ރޓ) ފަރުޙަތު ޝަޙީރު އައްޔަންކޮށްފައި ވާކަމަށެވެ.

Ad
rt

ފަރުހަތު ވަނީ ރައީސް އަބުދުއްﷲ ޔާމީންގެ ސަރުކާރުގައި އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް ހިންގާ ގުރޫޕްގެ ސީއީއޯގެ މަގާމު ފުރުއްވާފަ އެވެ.

މިފްކޯގެ ސީއީއޯ މަގާމުން ވަކިކޮށްފި

މިފްކޯގެ މެނޭޖިން ޑިރެކްޓަރ، ސީއީއޯގެ މަގާމު އެންމެފަހުން ފުރުއްވާފައިވަނީ ޔުކްރޭނަށް ނިސްބަތްވާ ޑޮކްޓަރ ވިޓާލީ ލިއުބިމޮވް އެވެ. އޭނާ މަގާމުން ވަކިކޮށްފައި ވަނީ މި މާރިޗު މަހުގެ 3 ވަނަ ދުވަހުއެވެ.

މިފްކޯއަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތްކުރިއެރުވުމަށް 1993 ވަނަ އަހަރު އުފައްދާފައިވާ ކުންފުންޏެކެވެ.