ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ހދ އަތޮޅަށް ޒިޔާރަތް ކުރައްވައިފިއެވެ.
އަދާލަތު ޕާޓީގެ ރައީސް، ހޯމް މިނިސްޓަރ ޝައިހު އިމްރާން އަބްދުﷲ ބައިވެރިވަޑައިގަންނަވާ މިދަތުރުގައި އެންމެ ފުރަތަމަ ރަށެއްގެ ގޮތުގައި ޒިޔާރަތްކޮށްފައި ވަނީ ހަނިމާދޫއަށެވެ.
އިއްޔެ ހަވީރު ފެށި މިދަތުރުތަކުގައި ހަނިމާދޫ އަށް ދިއުމަށްފަހު އެކި ޓީމުތަކަށް ބަހައި މިހާރު އެ އަތޮޅުގެ ނެއްލައިދޫ އަދި ވައިކަރަދޫގައިވެސް އަދާލަތު ޕާޓީގެ ޓީމުތައް ހަރަކާތްތެރިވަމުންދާ ކަމަށް އެ ޕާޓީން ވަނީ މައުލޫމާތުދީފައެވެ.
މިޓީމުގައި ބައިވެރިވެ ވަޑައިގަންނަވާ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝައިޚް އިލްޔާސް ޖަމާލްގެ ދަރުސް " ޙަޤީޤީ ތަރައްޤީއަކީ ކޮބާ؟" މިމަޢުލޫއަށް މިރޭ ސުލައިމާނިއްޔާ ސްކޫލް ހިންގި ޢިމާރާތުގައި އޮންނާނެކަމަށް އަދި ދަރުސް އަޑުއެއްސެވުމަށް ވީހާ ގިނަ ބޭފުޅުން ވަޑައިގެން ދެއްވުން އެދި ދަންނަވާކަމަށް ވަައިކަރަދޫ ކައުންސިލުން ބުނެފައިވެއެވެ.
Local Council inthikhaabuge Campaign harakaiythah HDh atoll gai feshumuge gothun Adhaalath Party ge Raees @ShimranAb baiverive vadaigannavaa vafdhu HDh. Nellaidhoo ah vadaigen dhorun dhorah hingevun. pic.twitter.com/QIy6SE1RGN
— Adhaalath Party (@AdhaalathOffice) January 24, 2020
އިންތިހާބުގެ ކެމްޕޭނަށް ކުރާ ދަތުރުތަކަށްވާއިރު ޕާޓީގެ ޓިކެޓަށް ކުރިމަތިލުމުގެ ފުރުސަތު އަދިވެސް ވަނީ ހުޅުވާލާފައެވެ.
Local council inthikhaabuge Hdh. Atoll campaign feshumuge gothun Adhaalath Party ge team eatollah kuramungendhaa dhathuruge therein. Mi team gai Adhaalath Party ge Raees Imran Abdulla baiverive vadaigannavaa. pic.twitter.com/Gjcj90TSKA
— Adhaalath Party (@AdhaalathOffice) January 24, 2020
އެޕާޓީން މިހާރު ފަށާފައިމިވާ ހަރަކާތްތަކުގައި ރަށްރަށުގައި ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތްތަކުގެ އިތުރަށް ޕާޓީގެ ޓިކެޓުގައި ކައުންސިލަށް ވާދަކުރަން ބޭނުންވާ ބޭފުޅުންނާ ބައްދަލުކޮށް މަޝްވަރާތައް ދަނީ ކުރިއަށްގެންދަމުންނެވެ. އަދި ޓިކެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަވުމުން ޕާޓީގެ ކެމްޕޭން ހަރަކާތްތައް އިތުރަށް ފުޅާކޮށް ވަރުގަދަކުރާނެ ކަމަށްވެސް އެޕާޓީން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!