ވަޒީރުންނަށް ރުހުން ދެނީ މާތް މަގުސަދެއްގައި، ރުހުންދޭ ފަދައިން ވަކިވެސް ކުރެވޭނެކަމަށް ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު (ލަތީބެ) މިއަދު ވިދާޅުވެއްޖެއެވެ.

ލަތީފް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ބާއްވާ ޚާއްޞަ ޖަލްސާ ދެވަނަ ޖަލްސާގައި ހަތަރު ވަޒީރަކަށް ރުހުން ދިނުމުގެ މައްސަލާގެ ކޮމެޓީ ރިޕޯޓަށް ބަހުސް ކުރަށްވަމުންނެވެ.

Ad
rt

މި މައްސަލައިގެ ކޮމެޓީ ރިޕޯޓަށް ބަހުސް ކުރަށްވަމުން ލަތީފް ވިދާޅުވީ، މަޖިލީހުން ވަޒީރުންނަށް ރުހުން ދިނުމަކީ ސަގާފީ ކަމެއް ނޫން ކަމަށާއި، އެއީ އާދަކާދައިގެ ގޮތުން ވެސް ކުރާ ކަމެއް ނޫން ކަމަށެވެ. އަދި އެއީ ވަޒީރުންނަށް ރުހުން ހޯދަން ރައީސުލްޖުމްހޫރިއްޔާ ނަންތައް ފޮނުވީތީ އެ އުސޫލުން ކުރާކަމެއް ވެސް ނޫންކަމަށެވެ.

''ވަރަށް މާތް މަގްސަދެއްގައި މިދެނީ، ދިވެހިރާއްޖޭގެ ރައްޔިތުންނަށް ޚިދުމަތްކުރަން ތިބި ވަޒީރުން މިއީ، ދިވެހި ރައްޔިތުންނަށް، ދިވެހިންނަށް އަދި ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތު ދަމަހައްޓައި ނަގަހައްޓަން، އެހެންނަމަވެސް، އިއްޒަތްތެރި ރައީސް، ހަމަ ވަޒީރުންނަށް ދަންނަވައިލަން އޮތް ވާހަކައަކީ މިއަދު އަޅުގަނޑުމެން ރުހުންދިން ކަމުގައި ވިޔަސް އެ ރުހުން އަނބުރާ ވެސް ގެނެވޭ ގޮތަކަށޭ މި އޮންނަނ.ީ ވަކިކުރަން ޖެހިއްޖެއްޔާ ވަކި ވެސް ކުރެވޭ ގޮތަށޭ މި އޮންނަނީ، މިހެން މި ދަންނަވަންޖެހުނީ ބައެއް ވަޒީރުން ފަހަކަށް އައިސް އަޅުގަނޑުމެންގެ އިއްޒަތްތެރި މެންބަރުން އަދި ޚާއްސަކޮށް އަޅުގަނޑުމެންގެ އިދިކޮޅު ފަރާތްތަކުގެ މެންބަރުން ވެސް ފޯނުކުރީމަ ފޯނު ނުނަގާ ވާހަކ،ަ ޖަވާބުދާރީނުވާ ވާހަކަ، ކަންކަން ނުކޮށްދޭ ވާހަކަ،'' ލަތީފް ވިދާޅުވެފަވެއެވެ.

ލަތީފް ވިދާޅުވީ، ދިވެހި ރައްޔިތުންނަށް ދިވެހިންނަށް ބޭނުންވާ ވަރަށް ގިނަ ކަންކަމުގައި މަސައްކަތްތައް އަވަސްކޮށްދިނުމަށް އެދި މެމްބަރުން ވަޒީރުންނަށް ފޯނުކުރަންޖެހޭ ކަމަށެވެ.

''ކަންތައްތައް ކޮށްދިނުމަށ،ް ރަށްރަށުގެ ތަރައްޤީއަށް ކުރަންޖެހޭ މަސައްކަތްތަކުގައި ނުވަތަ ޞިއްޙ،ީ ތަޢުލީމ،ީ އިޖުތިމާއ،ީ ކުޅިވަރު މިހެން ގޮސް ހުރިހާ ކަމެއްގައި އަޅުގަނޑުމެންނަށް އެބަ ޖެހޭ ވަޒީރުންނާ އެކި ފަހަރުމަތީން ގުޅަން، މި ވަޒީރުންގެ ފޯނު ނުނަގާ މައްސަލައަކީ ބޮޑު މައްސަލައެއް، އަދި ކަންތައްތައް ނުކޮށްދޭ މައްސަލައަކީ ވެސް ވަރަށް ބޮޑު މައްސަލައެއް، އަދި މިއިން ބައެއް ވަޒީރުން ޚުދު ރައީސުލްޖުމްހޫރިއްޔާއަށް ވެސް އިޚުލާޞްތެރިކަމާއެކު މަސައްކަތްކުރާކަން ނުވަތަ އިޚުލާޞްތެރިކަމާ އެއްކޮށް މަސައްކަތްކޮށްދޭކަން އަޅުގަނޑުމެންނަކަށް ކަށަވަރެއް ނޫން'' ލަތީފް ވިދާޅުވެފަވެއެވެ.

ލަތީފް ވިދާޅުވެފައި ވަނީ އެހެން ދަންނަވަންޖެހެނީ ސަބަބުތަކެއް ނެތިއެއް ނޫންކަމަށެވެ. މެމްބަރުން އެ މެމްބަރުން ނިސްބަތްވާ ދާއިރާގެ ވަރަށް ގިނަކަންތައްތަކުގައި ވެސް ވަރަށް ގިނަ ތަކުލީފުތަކާއި ވަރަށް ބުރަތައް އެބަ އުފުއްލަންޖެހޭ ކަމަށް ލަތީފް ވިދާޅުވިއެވެ. އަދި ބައެއް ވަޒީރުންނަށް ރައީސުލްޖުމްހޫރިއްޔާއާއި މާ ގާތްވުމ،ުން އެ ބޭފުޅުންނަށް އެ މަގާމުގައި ދެމިތިބެވޭނެކަމަށް ބައެއް ވަޒީރުންނަށް ހީކުރެވިފައިވާކަމަށް ވެސް ލަތީފް ވިދާޅުވިއެވެ. އަދި އެއީ އެކަން އޮންނަ ގޮތްނޫންކަމަށާއި، 18 ވަނަ މަޖިލީހުގައި ވެސް ބައެއް ވަޒީރުން މަޖިލީހުގެ ތަޅުމުން އިތުބާރުނެތްކަމަށް ނިންމިކަމަށް ލަތީފް ވަނީ ފާހަގަކުރަށްވާފައެވެ.