މަކަރާއި ހީލަތުގެ މައްސަލައަކަށް ތުހުމަތުކުރެވިގެން މީހަކު ހޯދަން ދިވެހި ފުލުހުންގެ ޚިދުމަތުން އެމީހާގެ ފޮޓޯ އާންމުކޮށްފިއެވެ.

އެމީހާގެ ފޮޓޯ އާންމުކުރަމުން، ފުލުހުން ބުނީ އެމީހާއަކީ މަކަރާއި ހީލަތުގެ މައްސަލައަކަށް ތުހުމަތުކުރެވިގެން ފުވައްމުލަކު ސިޓީ ޕޮލިހުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވާ މީހެއް ކަމަށެވެ.

Ad
rt

ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން އެމީހާއަކީ ކާކުކަން ދެނެގަނެވިފައިނުވާކަމަށާއި، އެހެންވެ އެމީހާ އަދި ދެނެގަނެވިފައިނުވާކަމަށް ފުލުހުން ބުންޏެވެ.

ހީލަތުގެ މައްސަލައެއްގެ ތުހުމަތުގައި ހޯދަމުން އަންނަ މީހާ، ފޮޓޯ: ޕޮލިސް

އެހެންވެ، އެ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުވައްމުލަކު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792803 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

ފުލުހުން ވަނީ މަފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށްފައެވެ.