އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެމްޕިއަން މެންޗެސްޓާ ސިޓީއާއި އިޕްސްވިޗް ޓައުން ބައްދަލުކުރި މެޗު 6-0 ގެ ތަފާތު ބޮޑު ނަތީޖާއިން ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ ހަތަރުވަނައަށް ސިޓީ ޖެހިލައިފިއެވެ.

ސީޒަންގެ ކުރީކޮޅު ސިޓީގެ މިޑްފީލްޑްރ ރޮޑްރީއަށް އަނިޔާވުމާއިއެކު އެ ޓީމްގެ ފޯމްގެއްލުނެވެ. ގޭމް ކޮންޓްރޯލް ނުކުރެވުމުގެ އިތުރުން ގިނަ މެޗުތަކެއްގައި ނަތީޖާ ވެސް ދިޔައީ ނުނެރެވިއެވެ. މިގޮތުން ފާއިތުވި އަހަރު ފަހު ދެ މަސްދުވަހު ލީގުގައި ކުޅުނު މެޗުތަކުގެ ތެރެއިން އެ ޓީމް ވަނީ ހަ މެޗުން ބަލިވިއެވެ. ނަތީޖާއެއްގެ ގޮތުން ޕޮއިންޓް ޓޭބަލްގެ ގަދަ ހަތަރު ޓީމްގެ ތެރެއިން ވެސް އެ ޓީމް އޮތީ ބޭރުވެފައެވެ.

Ad
rt

ނަމަވެސް މި އަހަރު ފެށި އަނިޔާގައި ތިބި ބައެއް ކުޅުންތެރިން ޓީމާއި ގުޅުމާއިއެކު ސިޓީން އަނެއްކާވެސް މިވަނީ މަޑުމަޑުން އެ ޓީމްގެ އަސްލު ފޯމާއި ދިމާލަށް މިސްރާބު ޖަހާފައެވެ.

ރޭ މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު އެ ޓީމް ވަނީ ޕޮއިންޓް ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައެވެ. ސިޓީއަށް 22 މެޗުން 38 ޕޮއިންޓް ލިބިފައިވާއިރު، އެއްވަނާގައި އޮތް ލިވަޕޫލަށް ވަނީ 50 ޕޮއިންޓް ލިބިފައެވެ. ދެ ޓީމްގެ ދެމެދު މިވަގުތު 12 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. ޕޮއިންޓް ތާވަލުގެ ދެވަނާގައި އާސެނަލް އޮތީ 22 މެޗުން 44 ޕޮއިންޓް ހޯދައިގެންނެވެ. ތިންވަނާގައި އޮތީ ނޮޓިންހަމް ފޮރެސްޓެވެ. އެ ޓީމަށް ވެސް ވަނީ 22 މެޗުން 44 ޕޮއިންޓް ލިބިފައެވެ.

ރޭ މެޗުގައި ސިޓީއަށް ލަނޑުތައް ޖަހައިދިނީ މެކަޓީ، ޑޯކޫ، ހާލަންޑް، ކޮވެސްޗް އަދި ފިލް ފޮޑެންއެވެ. ފޮޑެން ވަބީ މެޗުގައި ދެ ލަނޑު ޖަހާފައެވެ.