މިހާރު މި އޮތީ މެންޗެސްޓާ ޔުނައިޓެޑްގެ ތާރީހުގައި ވެސް އޮތް އެންމެ ދަށް ޓީމްކަމަށް އެ ޓީމްގެ ކޯޗް އަމޮރިމް ބުނެފިއެވެ.
އޭނާ މިހެން ބުނެފައި ވަނީ ރޭ ބްރައިޓަން އަތުން އަމިއްލަ ދަނޑުގައި 3-1 ގެ ނަތީޖާއިން ޔުނައިޓެޑް ބަލިވިމެޗަށް ފަހު ސްކައި ސްޕޯޓްސްއާއި ވާހަކަ ދައްކަމުންނެވެ.
އަމޮރިމް ބުނީ ނޫސްވެރިން އެންމެ ބޭނުންވާ ސުރުހީއަކަށްވާނީ އޭނާގެ އަނގައިން މިހާރު އޮތް ޓީމަކީ ޔުނައިޓެޑް ދުށް އެންމެ ބަލި ޓީމު ކަމުގައި ބުނުން ކަމަށާއި އެކަމަކު އެހެން ނުބުނެ ވާކަށް ނެތްކަމަށެވެ. މިއީ ހަގީގަތްކަން ގަބޫލުކޮށް މިކަން ބަދަލުކުރަން ޖެހޭކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ.
އޭނާ އިތުރަށް ބުނީ ޔުނައިޓެޑް އޮތީ އަލުން ބިނާކުރަން ޖެހިފައި ކަމަށާއި އެކަމަށް ބޭނުންވާ ކުޅުންތެރިންނާއި ވިސްނުމާއއި ވަގުތު ވެސް ބޭނުންވާ ކަމަށެވެ.
ކޯޗުކަމުން އެރިކް ޓެންހަގް ވަކިކޮށް، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޓީމާ ހަވާލުވި އަމޮރިމްގެ ކޯޗުކަމުގައި މިހާތަނަށް ކުޅުނު 11 މެޗުން ޔުނައިޓެޑަށް ލިބިފައިވަނީ އެންމެ 11 ޕޮއިންޓެވެ. އެ ޓީމް މި ވަގުތު އޮތީ ޓޭބަލުގެ 13 ވަނާގައެވެ. ޔުނައިޓެޑް އެންމެ ފަހުން ޓޭބަލުގެ 13 ވަނާގައި އޮތީ 87/1986ގެ ސީޒަނުގައެވެ.
ރޭ މެޗުގެ ފަސްވަނަ މިނެޓުގައި ބްރައިޓަން އިން ލީޑު ނެގިއެވެ. މި ލަނޑު ޔަންކޫބާ ޖެހީ މިޓޯމާގެ އެހީތެރިކަމާއި އެކުއެވެ. ޔުނައިޓެޑަށް ނަތީޖާ ހަމަހަމަ ކޮށްދިނީ 23 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީން ބްރޫނޯ ފެނާންޑޭޒްއެވެ.
މެޗުގެ ދެވަނަ ހާފުގައި ޔުނައިޓެޑް ކޮޅަށް ލަނޑުތައް ޖަހައިދިނީ މިޓޯމާ އަދި ރުޓާއެވެ. މި ނަތީޖާއާއިއެކު ބްރައިޓަން އޮތީ ޕޮއިންޓް ތާވަލުގެ 9 ވަނާގައެވެ. އެ ޓީމަށް 22 މެޗުން ވަނީ 34 ޕޮއިންޓް ލިބިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!