ވެރިކަން ވައްޓާލުމުގެ ނިޔަތުގައި ކަމެއްކުރުމުގެ ފުރުސަތު ނުދެއްވާނެކަމަށް ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް މިއަދު ވިދާޅުވެއްޖެއެވެ.

މެންބަރު މުހައްމަދު މިހެން ވިދާޅުވެފައި ވަނީ، ރައްޔިތުން ނުކުމެ ވެރިކަން ވައްޓާލާނުލާނެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ހީފުޅުކޮށްގެން ނުވާނެކަމަށް، ޗެނަލް13 ގައި ރައީސް ޔާމީންގެ ސަރުކާރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ދެއްކެވި ވާހަކައަށް ރައްދުދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad
rt

މުހައްމަދު ވަނީ އުމުރު ނަސީރުގެ ބޮލަށް ބޭސްކުރަން ޖެހިފައިވާކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރުގެ ސުޕަރ މެޖޯރިޓީ މަޖިލީހުގައި އޮތްކަން އުމަރަށް މުހައްމަދު ވަނީ ހަނދާންކޮށްދެއްވާފައެވެ.

''އުމަރު ނަސީރު ތިޔަގޮވަނީ، ދައްކަވަމުން ތިޔަގެންދަވާ ވާހަކައައް ވިސްނާލީމައި ސާފު ވަނީ އުމަރުގެ ބޮލައްބޭސް ކުރަންޖެހިފަ ހުރިކަން، ވެރިކަން 75 މަޖިލިސް މެންބަރުން، 375000 ދިވެހިރައްޔިތުން، ވެރިކަން ވައްޓާލުމުގެ ނިޔަތުގައި ކުޑަބޭރުވެސް ނޭރޭނެ، މިތިބީ ވަރައްކެރިގެން، މިތިބީ ވަރައްސާބިތުކޮން ރައީސް މުއިއްޒުގެ މި ރައްޔިތުމްގެ ވެރިކަން ދިފާއުކިރަން'' މުހައްމަދު ވިދާޅުވެފަވެއެވެ.

މުހައްމަދު އިތުރަށް ވިދާޅުވެފައި ވަނީ، ޤާނޫނުއަސާސީގެ 27 ވަނަ މާއްދާގައި ބުނާ އެެއްވެއުޅުމާއި ޚިޔާލުފާޅުކުރުމުގެ ފުރުސަތު ތަންމިނަށް އޮންނާނެ ކަމަށެވެ.

''މީގެ ބޭރުން ހިރިލުމުގެ ފުރުސަތު ހޯދޭނީ 375000 ރައްޔިތުން ފޫއަޅުވާފައި، ކުރިމަތީގައި އެތުރިލާނަން އެދުވަހަކުން، މީ އަހަރެމެންގެވެސް ގައުމު، މީ އަހަރެން ދިވެހިރައްޔިތުންގެ މެޖޯރެޓީ ދީގެން ގެނައި ސަރުކާރެއް'' މުހައްމަދު އިތުރަށް ވިދާޅުވެފަވެއެވެ.

މުހައްމަދު ވިދާޅުވެފައި ވަނީ، ‏މާޒީގައި ބަޔަކު ކަމެށް ކޮއްފައި (މަގުމަތިން ވެރިކަން ބަދަލުކޮށްފައި) އޮވެގެން މިއަދު އެގޮތައް އެކަން ކުރެވިދާނެ ކަމައް ދެކިގެން ނުވާނެއެވެ.

އުމަރު މި މޭރުމުން ވާހަކަ ދައްކަވާފައިވާއިރު، އިދިކޮޅު އެމްޑީޕީން އަންނަނީ މި މަހު 31 ގައި މާލޭގައި ބޮޑު އެއްވުމެއް ބާއްވަން ތައްޔާރުވަމުންނެވެ.

އުމަރަކީ އަންނަ ރިޔާސީ އިންތިޚާބުގައި ވެސް ވާދަކުރަށްވާނެކަން ޢިއުލާންކުރަށްވާފައިވާ ބޭފުޅެކެވެ.

''ކުޑަބޭރު'' ބޭނުންކޮށް އުޅެނީ ''ކުޑައިކޮށްކައިރި'' ނުވަތަ ''ހިސާބަކަށް ކައިރި'' އަށެވެ.