ވިލިމާލޭގައި މޫދަށް އެރި އުޅުނު މީހަކު އޮޔާދަނިކޮށް ސަލާމަތްކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ ވިލިމާލޭގައި މޫދަށް އެރުނު މީހަކު އޮޔާދަމާގަނެގެން އޮޔާދާކަމުގެ ރިޕޯޓެއް މިއަދު ހަވީރު 3:55 ގައި ލިބުނު ކަމަށެވެ.

Ad
rt

އެ މީހާ ވަނީ އެމްޓީސީސީގެ ފެރީއަކަށް ނަގައި ސަލާމަތްކޮށްފައި ކަމަށް ފުލުހުންބުންޏެވެ.

އޭނާއަށް ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ވަނީ ގެންގޮސްފައެވެ.

ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނީ، އެ މީހާގެ ޙާލަތު މިހާރު ސްޓޭބަލް ކަމަށެވެ.

އޮޔާދަނިކޮށް ސަލާމަތްކޮށްފައި ވަނީ ދިވެހި ފިރިހެނެކެވެ.