ނ. ކުޑަފުނަފަރުގައި ހިންގާ ނޮކު މޯލްޑިވްސް ރިސޯޓުގެ ނެރުމަށްޗަށް ލޯންޗެއް ބަންޑުން ޖަހާލައި 51 އަހަރުގެ ދިވެއްސެއް ނިޔާވެއްޖެއެވެ.

އެމީ ނިޔާވެފައިވަނީ ގިނައިރު ލޮނުބޮވުމުގެ ސަބަބުން ހާލު ސީރިއަސްވެގެންނެވެ. އެމީހާ ނ.މަނަދޫ އަތޮޅު ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ.

Ad
rt

ނިޔާވި މީހާއަކީ އެރިސޯޓަށް މަސައްކަތެއް ކުރުމަށް ދަތުރުކުރަމުންދިޔަ މީހެއްކަމަށްވެސް ފުލުހުން މަޢުލޫމާތުދެއްވައެވެ.

މިއަދު އިރުއޮއްސި 6 ޖަހާކަންހާއިރު ހިނގި އެ ހާދިސާގައި ނިޔާވި މީހާ އަށް ލޮނު ބޮވުމުގެ ސަބަބުން ހޭނާރާ ގިނައިރުތަކެއް ވެފައިވާކަމަށެވެ.

އެ ވަގުތު ލޯންޗްގައި ތިބީ ދެ ޓޫރިސްޓުންނާއި ހަތަރު ފަޅުވެރިންގެ އިތުރުން ނިޔާވި މީހާ އެވެ. ލޯންޗުގައި ތިބި އެހެން މީހުންގެ ހާލު ރަނގަޅެވެ. މީހުން ސަލާމަތްކޮށްގެން ރިސޯޓަށް ގެންދިޔައީ އެ ރިސޯޓްގައި ދުއްވާ ޑިންގީ އަކުންނެވެ.

ފުލުހުން ބުނީ އެ ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.