އާދީއްތަ ދުވަހުގެ ހެނދުނު ދެކުނު ކޮރެއާގެ މުއަން އިންޓަރނޭޝަނަލް އެއަރޕޯޓުގައި ކުއްލި ޙާލަތުގައި ޖައްސަން އުޅުނު ޖެޖޫ އެއަރގެ ފްލައިޓެއް ވެއްޓި އެ ފްލައިޓުން ދަތުރުކުރި ގިނަ ބަޔަކު މަރުވެއްޖެއެވެ.

ބައިނަލްއަގްވާމީ މީޑިއާ ބައެއް ރިޕޯޓު ބުނާގޮތުން ތައިލެންޑްގެ ވެރިރަށް ބެންކޮކުން ފުރައިގެން އައި މި ފްލައިޓުގައި ތިބި 181 މީހުންގެ ތެރެއިން ގިނަ ބަޔަކު މަރުވެފައިވާ ކަމަށް ލަފާކުރެވޭ ކަމަށެވެ.

Ad
rt

ސަލާމަތް ކުރުމުގެ ޓީމުތަކުން ވެއްޓުނު މަތިންދާބޯޓުގެ ބައިތަކުގެ ތެރެއިން އިތުރު ހަށިގަނޑުތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު، ދެ މީހަކު ދިރި ތިބިކަން ވަނީ ފާހަގަކުރެވިގައެވެ. އެއީ އެއް ފަސިންޖަރަކާއި އެއް ކުރޫ މެމްބަރެކެވެ. މި ދެމީހުން ސަލާމަތްކުރެވިފައިވަނީ މަތިންދާބޯޓުގެ ފަހަތު ބައިންނެވެ. އަދި މިހާރު އެ ދެމީހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ގެންދެއެވެ.

ލޯކަލް ބްރޯޑްކާސްޓަރ އެމްބީސީއިން ދައްކާފައިވާ ފޫޓޭޖެއްގައި، މަތިންދާބޯޓު ތިރިވަމުން ދަނިކޮށް ދޫންޏަކާ ޖެހުނު މަންޒަރު ފެންނަން ހުއްޓެވެ. މި ޙާދިސާ ހިނގި ސަބަބު ދެނެގަތުމަށް ތަޙުޤީޤު ކުރިއަށް ދެއެވެ.

މަރުވި މީހުންގެ އަދަދު ޔަޤީންވެއްޖެނަމަ، މިއީ ދެކުނު ކޮރެއާގެ އެންމެ ނުރައްކާތެރި އާންމު މަދަނީ ވައިގެ ދަތުރުފަތުރުގެ ޙާދިސާ ކަމަށްވާނެއެވެ. އަދި ޖޫންގް އަންގ އިލްބޯއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއީ އެ ޤައުމުގެ ތާރީޚުގައި ކުޑަ އަގުގައި ދަތުރުކޮށްދޭ އެއަރލައިނަކާ ގުޅިގެން ހިނގި ފުރަތަމަ ބޮޑު މަރުގެ ޙާދިސާއެވެ.

އެ ގައުމުގެ ވަގުތީ ރައީސް، ޗޮއި ސަންގް-މޮކް ވަނީ މި ބޯޓު ވެއްޓުނު މުއަން ސަރަޙައްދު ޚާއްޞަ ކާރިސާގެ ސަރަޙައްދެއްގެ ގޮތުގައި އިޢުލާނުކުރައްވާފައެވެ. އަދި މިކަމުގެ ސަބަބުން މަރުކަޒީ ސަރުކާރުގެ ފަންޑު ލޯކަލް ސަރުކާރަށާއި ގެއްލުން ލިބުނު ފަރާތްތަކަށް ލިބޭނެކަމަށް ވިދާޅުވެފައެވެ.

ދެކުނު ކޮރެއާގެ ރައީސް އޮފީހުގެ ބަޔާނެއްގައި ޗޮއި ވިދާޅުވެފައިވަނީ، "މިއަދު ހެނދުނު މުއަން ވައިގެ ބަނދަރުގައި މަތިންދާބޯޓެއް ރންދާބޯޓެއް ރަންވޭއިން ބޭރުވެގެން ގިނަ އަދަދެއްގެ މީހުންގެ ފުރާނަ ގެއްލިފައިވާތީ އަޅުގަނޑުމެން މިވަނީ ނުރައްކާތެރި ހާލަތެއްގައެވެ. މި ހާދިސާގައި ގިނަ އަދަދެއްގެ މީހުންގެ ފުރާނަ ގެއްލުނުކަމަށްޓަކައި އަޅުގަނޑު އެންމެ ފުން ހިތާމައާއެކު ކަންބޮޑުވުން ފާޅުކުރަމެވެ. ޒަޚަމްވެފައިވާ ފަރާތްތައް އަވަހަށް ރަނގަޅުވުމަށްޓަކައި އަޅުގަނޑަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނަމެވެ. އަޅުގަނޑު މަރުވެފައިވާ ފަރާތްތަކަށް ތަޢުޒިޔާ ދަންނަވައި، އަދި އެ ފަރާތްތަކުގެ ޢާއިލާތަކަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފާޅުކުރަމެވެ." ވަގުތީ ރައީސް، ޗޮއި ސަންގް-މޮކް ވިދާޅުވެފަވެއެވެ.