ކަނޑުމަގުން ރާއްޖެ ގެނެސްފައިވާ މުދާ ކޮންޓެއިނަރެއް ތެރެއިން މަސްތުވާތަކެތި ހޯދައި އަތުލައިގެންފިއެވެ.

ފުލުހުން މިއަދު ބުނީ، ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި މަސްތުވާތަކެތި ހޯދައި އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

Ad
rt

މި ތަކެތި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ ކަސްޓަމްސްއިން ދިން މައުލޫމާތަކާ ގުޅިގެން މާލެ ޕޯޓް ތެރެއިން ކޮންޓެއިނަރެއް ބަލައިފާސްކޮށްފައެވެ.

މި މައުލޫމާތާއި ގުޅިގެން ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ކޮންޓެއިނަރ ބަލައިފާސްކުރުމުގެ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައި ވަނީ މި ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ރެއެވެ.

މިގޮތުން ޑްރަގް އެންފޯސްމަންޓުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި، އެ ކޮންޓެއިނަރ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފަސް ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

މި ތަކެތީގެ ވަގުތީ ބަރުދަނަކީ 3.38 ގްރާމެވެ.

މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.