ހުޅުމާލޭ ފަޅުތެރޭގައި ލޯންޗަކާއި މަސް ލޯންޗެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

މިރޭ މިރޭ 19:36 ގައި ހިނގި މި ހާދިސާއާ ގުޅިގެން މެރިން ޕޮލިސް އިން ހަރަކާތްތެރިވެފައިވާއިރު، މި އެކްސިޑެންޓުގައި ދެ މީހަކަށް އަނިޔާވެފައިވެއެވެ.

Ad
rt

މެރިން ޕޮލިސްއިން މަޢުލޫމާތު ދިން ގޮތުގައި، އަނިޔާވި ދެ މީހުން ވަނީ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އެކްސިޑެންޓުގައި ޖެހުނު މަސް ލޯންޗް ވަނީ އަޑިއަށް ގޮސްފައެވެ.

މި އެކްސިޑެންޓާ ގުޅޭ މައްސަލަ މެރިން އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ދަނީ ތަޙުޤީޤު ކުރަމުން އަންނަކަމަށް މެރިން ޕޮލިހުން ބުނެފަވެއެވެ.