މާފަންނު ޖޭޒް ކެފޭ ފުރާޅު މައްޗަށް މީހަކު ވެއްޓިގެން ފަރުވާ ދޭންފަށައިފި އެވެ.
ފުލުހުން ބުނީ، މާފަންނު ޖޭޒް ކެފޭ ފުރާޅުމައްޗަ މީހަކު ވެއްޓިގެން އުޅޭ ކަމަށް މިރޭ 23:14 ގައި ވަނީ ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށެވެ.
އެއީ 35 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެސަރަހައްދުގައި ހުރި މީހަކު މަޢުލޫމާތު ދެމުން ބުނީ އެމީހާ ވެއްޓިފައިވަނީ ބިދޭސީން ދިރިއުޅޭ ގެއަކުން ކަމަށެވެ.
އެމްއެންޑީއެފްގެ އެހީތެރިކަމާއެކު އެމީހާ ނަގައިގެން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
އެމީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނުލިބެ އެވެ.
އެ ސަރަހައްދުގައި މިވަގުތު ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!