ޖިންސީ ގޯނާގެ ޝިކާރައަށްވާ ކުދިންގެ ފޮޓޯ ސޯޝަލް މީޑިޔާގައި އާންމު ނުކުރަން ފުލުހުން އެދިއްޖެ އެވެ.

ފުލުހުން ކުރި ޓްވީޓެއްގައި ވަނީ އެފަދަ އަނިޔާ ލިބިފައިވާ ކުދިންގެ ފޮޓޯ އާއި ވީޑިޔޯ އަދި ޕޯސްޓުތައް ސޯޝަލް މީޑިޔާގައި ޝެއާ ނުކުރުމަށް އާންމުންގެ ފަރާތުން އެދޭ ކަމަށެވެ. އަދި މިފަދަ ކަންކަން ކުރުމުން އެ ކުދިންނަށް ނުރަނގަޅު އަސަރުތަކެއް ކުރާނެކަން ވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

Ad
rt
Maldives Police

✔@PoliceMv

We urge the public not to share any pictures, videos or posts of abused children on the social media. This has a detrimental effect on the children. We advise everyone to be more sensitive and not contribute to the revictimisation of victims.

286 people are talking about this

ފުލުހުން މިކަމަށް އިލްތިމާސްކޮށްފައިވާއިރު ގއ.ކަނޑުހުޅުދޫގައި ދެ އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައެއް ރޭ ވަނީ ފެންމަތިވެފައެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން މިއަދު ވަނީ އެކަމުގައި ބައިވެރިވި އެކުއްޖާގެ ބައްޕަ އާއި ކާފަ އަދި މުނިކާފަ ހައްޔަރުކޮށްފައެވެ.