ހުޅުމާލޭގައި ސްޕާއެއްގައި ހަށިވިއްކަމުން ދިޔަ ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ހުޅުމާލޭގައި ސްޕާއެއްގެ ގޮތުގައި ހިންގާ ތަނެއް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށް ހަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

Ad
rt

މި މީހުން ހައްޔަރުކޮށްފައި ވަނީ ހުޅުމާލޭގައި ހިންގާ ސްޕާއެއްގައި ހަށިވިއްކާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި މި އޮޕަރޭޝަނެއްގައެވެ.

މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ދިވެހި ތިން އަންހެނުންނާއި ދިވެހި ފިރިހެނެއްގެ އިތުރުން ތައިލެންޑު ތިން އަންހެނުންނެވެ.

މި މީހުންގެ ވަނަވަރު ވެސް ފުލުހުން އާންމުކޮށްފައިވާ ހައްޔަރުކޮށްފައިވާ ދިވެހިންނަކީ،

* މުހައްމަދު ޝަފީޢު، ހުވަނދުމާގެ، އދ. މަހިބަދޫ
* ޝިއުނާ ހުސައިން، ޒާމިޔާ، ށ. ފުނަދޫ

* ފާތިމަތު ޝިއުނާ، ނޫބަހާރުގެ، ށ. ފުނަދޫ

* އާއިޝަތު އަބުދުއްރައްޒާޤް، ދަފްތަރު، މާލެ

މި މައްސަލައާ ގުޅިގެން މި ހަތް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ތައިލެންޑު ތިން އަންހެނުން 10 ދުވަހަށް ދިވެހި ތިން އަންހެނުން ހަތް ދުވަހަށް އަދި ފިރިހެން މީހާ ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ