ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ހެބްރޯން ސިޓީ ކައިރިން އިޒްރޭލު ސިފައިންގެ 3 މީހުން މަރާލައިފިއެވެ.

އިޒްރޭލުގެ އޮފިޝަލުން ބުނާ ގޮތުގައި އާދީއްތަ ދުވަހު ހުޅަނގު އައްސޭރީގެ ހެބްރޯން ސިޓީ ކައިރީގައި ހިނގި ހަމަލާއެއްގައި އިޒްރޭލުގެ 3 ސިފައިން މަރުވީ އިދްނާ ތަރްޤުމިއްޔާ ޖަންކްޝަން ސަރަހައްދުގައި އެ ފުލުހުންގެ އުޅަނދަކަށް އަމާޒުކޮށްދިން ރޮކެޓް ހަމަލާއެއްގައެވެ.

Ad
rt

މި ހާދިސާއާ ގުޅިގެން އިޒްރޭލްގެ ސެކިއުރިޓީ ބާރުތަކުން ހެބްރޯންގެ ގެއެއް ވަށައިލުމަށްފަހު، މި ހަމަލާ ދިން ކަމަށް ޝައްކުކުރެވޭ ފަލަސްތީނުގެ މީހަކު މަރާލިކަމަށް އިޒްރޭލުގެ މިލިޓަރީން ބުނެފައިވެއެވެ.

ފާއިތުވި ބުދަ ދުވަހުން ފެށިގެން އިޒްރޭލުގެ ސަތޭކަ އަށްވުރެ ގިނަ ސިފައިން ހުޅަނގު އައްސޭރީގައި އޮޕަރޭޝަންތަކެއް ކުރިއަށް ގެންދިއައެވެ. މިއީ މަސްތަކެއް ވަންދެން އެ ސަރަހައްދުގައި ކުރިއަށް ގެންދިއަ އެންމެ ބޮޑު އެއް އޮޕަރޭޝަނެވެ. އިޒްރޭލުން ބުނާ ގޮތުގައި މި އޮޕަރޭޝަންތަކުގެ މަޤްޞަދަކީ އީރާނުގެ އެހީތެރިކަން ލިބިގެން ހަރަކާތްތެރިވާ އިސްލާމިކް ޖިހާދުގެ ހަނގުރާމަވެރިން ނައްތާލުމެވެ.

ފަލަސްތީނުގެ ރެޑް ކްރެސެންޓުން މަޢުލޫމާތު ދީފައިވާ ގޮތުގައި އާދީއްތަ ދުވަހު ހުޅަނގު އައްސޭރީގެ އުތުރުގައި އޮންނަ ޖެނިންގެ ބޭރުގައިވާ ކަފުރު ދާން ރަށުގައި އިޒްރޭލު ބާރުތަކުން ފަލަސްތީނުގެ ދެ މީހަކަށް ބަޑި ޖަހާފައިވެއެވެ. މިއީ ބުދަ ދުވަހުން ފެށިގެން އިޒްރޭލުގެ ބާރުތަކުން އޮޕަރޭޝަން ހިންގަމުންދާ ސަރަހައްދެކެވެ.

ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުގައި އަސްކަރީން ސިފައިންނާއި ފުލުހުން ބޭނުންކުރަމުންދާ މިންވަރުން ދައްކުވައިދެނީ އިޒްރޭލުގެ ސެކިއުރިޓީ ބާރުތަކަށް ކުރިމަތިވެފައިވާ ބޮޑު ޕްރެޝަރެވެ. މިހާރު އެ ބާރުތަކުން ދަނީ އެކި ފްރޮންޓުތަކުގައި ހަނގުރާމަ ކުރަމުންނެވެ. އަދި ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށް ކުރެވޭ މަޝްވަރާތަކުން އެއްވެސް ކުރިއެރުމެއް ލިބޭ ކަމަކަށް ނުފެނެއެވެ.