ހަމާސްއާއެކު ރަހީނުން ބަދަލުކުރުމުގެ އެއްބަސް ވުމެއް ނަތަންޔާހޫގެ ސަރުކާރުން ނަހަދާ ރަހީނުންތައް މަރުވަމުންދާތީ، އިސްރާއީލުގެ އިޤްތިޞާދު ހުއްޓުމަކަށް ގެންނާނެ ކަމުގެ އިންޒާރު އިސްރާއީލުގެ އެންމެ ބޮޑު ލޭބަރ ޔޫނިއަނުން ދީފިއެވެ.
އިސްރާއީލުގެ ގިނަ ޖަމާއަތްތަކެއް ގުޅިގެން އިންތިޒާމުކުރަމުންދާ އާއްމު ހަޅުތާލު މިއަދު ހެނދުނު 6 ޖަހާއިރު ފަށަން ހަމަޖެހިފައިވާއިރު،
“މުޅި ގައުމުގެ އިޤްތިޞާދު އަހަރެމެން ހުއްޓުވާނަން. މާދަމާއިން ފެށިގެން މިކަން ފެންނާނެ”
ލޭބަރ ޔޫނިއަން އާއި ހަވާލާދީ އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.
ބެން ގުރިއަން އެއާޕޯޓް ހިމެނޭ ގޮތަށް ގިނަ ތަންތަން އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ދަނީ ބަންދުކުރަމުންނެވެ.
ގިނަ ސަރަހައްދުތަކެއްގައި ހަޅުތާލު ފެށުމަށް ތައްޔާރުވަމުންދާއިރު، ހަޅުތާލުގައި ބައިވެރިވާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އިޒްރޭލުގެ ފިނޭންސް މިނިސްޓަރު ވަނީ ދެއްވާފައެވެ.
މާދަމާގެ ހަޅުތާލުގައި ޓެލްއަވީވުން ބައިވެރިވެ ނުކުމެއްޖެނަމަ އިސްރާއީލު ސަރުކާރަށް ހަޅުތާލު ކޮންޓްރޯލް ނުކުރެވޭނެ ކަމަށް އިސްރާއީލުގެ މީޑިއާތަކުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!