މާލޭގެ މ. ކަނީރުވިލާގައި ހުންނަ ރިއޯލޯ އޮފީހުން ވައްކަންކޮށްފައިވާ މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ.
ފުލުހުން ބުނިގޮތުގައި މި މައްސަލަ ރިޕޯޓުކޮށްފައިވަނީ އޯގަސްޓް 22 ވަނަ ދުވަހުއެވެ.
މި މައްސަލައާ ގުޅިގެން، ވަގަށް ނެގި ތަކެތި ހޯދުމަށް ސީސީޓީވީ ފުޓޭޖް ބަލައި ފުލުހުން ކުރި މަސައްކަތުން އެ ތަކެތި ހޯދައި އަދި ވައްކަން ކުރިކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ވަނީ ހައްޔަރުކޮށްފައެވެ.
ރިއޯލޯ އޮފީހުން ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި 2 ލެޕްޓޮޕް އަދި މޮބައިލް ފޯނުތަކުގެ އިތުރުން އެހެނިހެން ތަކެތި ހިމެނެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!