ހުޅުމާލެ ބަހުގެ ހިދުމަތުގައި ހިމެނޭ ބައެއް ރޫޓުތަކަށް ބަދަލު ގެނެސްފިއެވެ.
އެމްޓީސީސީން މި ބަދަލު ގެނައީ މިއަދުން ފެށިގެން، ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގެ ޓްރެފިކް ފްލޯ ބަދަލުކުރުމާ ގުޅިގެންނެވެ. އެގޮތުން، ސެންޓްރަލް ޕާކު ވަށައިގެން އޮންނަ މަގު (ބަގީޗާ ހިނގުން) އެއްކޮޅަށް ދުއްވޭ މަގަކަށް ބަދަލުކުރަން އެޗްޑީސީން ވަނީ ނިންމާފައެވެ.
އެކަމާއި ގުޅިގެން މިއަދުން ފެށިގެން ހުޅުމާލެ ބަހުގެ ހިދުމަތުގައި ހިމެނޭ ހަތަރު ރޫޓަކަށް ބަދަލު ގެނެސްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ބަދަލު ގެނައި ރޫޓާއި ބަސް ނަންބަރު:
* އާރު 2 - މާލެ (ކާނިވަލް) - ހުޅުމާލެ ފޭސް އެެކެއް
* އާރު 7- ހުޅުމާލެ ފޭސް ދޭއް - މާލެ (ވެސްޓް ޕާކް)
* އާރު 8- ހުޅުމާލެ ފޭސް ދޭއް - މާލެ (ކާނިވަލް)
* އާރު 9- ހުޅުމާލެ ފޭސް ދޭއް - ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓް
މި ބަސް ރޫޓުތަކާއި އިތުރު މައުލޫމާތު އެމްޓީސީސީގެ ހޮޓްލައިން ނަމްބަރު 1650 އާ ގުޅާލުމުން ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!