ޖަރުމަނުގައި ހުރި އެމެރިކާގެ މިސައިލް ބޭނުން ކުރަން ފަށައިފި ނަމަ ހުޅަނގުގެ ކެޕިޓަލް ސިޓީތައް ރަޝިއާ ގެ ޓާގެޓަކަށް ވެދާނެ ކަމަށް ބުނެ ރަޝިއާ ސަރުކާރުގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ހުޅަނގަށް އިންޒާރު ދީފިއެވެ.

ރަޝިއާގެ ދައުލަތުގެ ޓީވީ ޗެނެލް ވަން ގައި ހޮނިހިރު ދުވަހު ވާހަކަދައްކަމުން ޕެސްކޯވް ބުނި ގޮތުގައި ޖަރުމަނުގައި ހުރި އެމެރިކާގެ މިސައިލް ރަޝިއާ އާ ދެކޮޅަށް ބޭނުން ކުރާ ނަމަ، އެ ހަމަލާތައް ހުއްޓުވުމުގެ ގާބިލްކަން ރަޝިއާގައި ހުރި ކަމަށެވެ. ނަމަވެސް އޭނާ ބުނީ އެފަދަ ހާލަތެއްގައި ހަގީގީ ގެއްލުންވާނީ، ހުޅަނގުގެ ގައުމުތަކުގެ ވެރިކަން ކުރާ ސިޓީތަކުގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް ކަމުގައެވެ.

Ad
rt

"ހުޅަނގުގައި ހުރި އެމެރިކާގެ މިސައިލްތަކުގެ ޓާގެޓަކަށް ރަޝިއާ ވެގެން ދާއިރު ރަޝިއާގެ މިސައިލްތަކުގެ ޓާގެޓަކަށް ހުޅަނގުގެ ގައުމުތައް ވެގެންދާނެ،" ޕެސްކޯވް ބުންޏެވެ.

މި ބަޔާން އައިސްފައިވަނީ އެމެރިކާގައި ނިމިގެން ދިޔަ ނޭޓޯ ސަމިޓުގައި ވައިޓް ހައުސް އިން މި ދިޔަ ބުދަ ދުވަހު ޖަރުމަނުގައި 2026 އިން ފެށިގެން ދިގު ރާސްތާގެ ޓޮމޮހޮކް މިސައިލް ގާއިމް ކުރަން ނިންމި ނިންމުމާ ގުޅިގެންނެވެ.

ކްރެމްލިން އިން ވަނީ އެމެރިކާގެ މި ނިންމުމަށް ފާޑު ކިޔާފައެވެ. އެއީ ފިނި ހަނގުރާމައަކާ ގާތައް އެޅޭ ފިޔަވަޅެއް ކަމަށާއި، އެމެރިކާ އިން ޔޫކްރެއިން ހަނގުރާމައިގައި ސީދާ ބައިވެރިވުން ކަމުގައިވެސް ކްރެމްލިން އިން ދެކެއެވެ.

ރަޝިއާގެ ދިފާއީ ވުޒާރާ އިން ހުކުރު ދުވަހު ބުނެފައިވާ ގޮތުގައި ރަޝިއާގެ ދިފާއީ ވަޒީރު އެންޑްރޭ ބެލޫސޮވް ވަނީ އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން އާ ފޯނުން ގުޅުއްވާ މަސްރަހް އިތުރަށް ހޫނުވެގެ