މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޯޑަރަށް އިތުރު ދެ މެމްބަރުން އައްޔަންކޮށްފިއެވެ.
އެމްއެމްޕީއާރްސީން "އެކްސް"ގައި ކުރި ޕޯސްޓެއްގައި މިއަދު ބުނީ އެ ކުންފުނީގެ ބޯޑަށް އަބްދުލް ސަމީއު އިމާދާއި، އައިޝަތު ހަމީދު އައްޔަން ކުރައްވާފައިވާ ކަމަށެވެ. ދެ ބޭފުޅުންގެ ތެރެއިން ސަމީއުއަކީ ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓް ހައުސް އެސޯސިއޭޝަން (އެންއެޗްގޭމް)ގެ ނައިބް ރައީސެވެ.
ބޭރު ދުނިޔޭގައި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް އުފައްދާފައިވާ އެމްއެމްޕީއާރުސީ އަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން އެތަނުގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު ތައުފީގު އެ މަގާމުން މިދިޔަ މެއި މަހު ވަކިކުރިއެވެ.
އަދި އެ މަގާމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ނައިބު ރައީސް އިބްރާހިމް ޝިއުރީ އައްޔަން ކުރެއްވިއެވެ.
ފާތުމަތު ތައުފީގު އެ މަގާމުން ވަކިކުރުމުގެ ކުރިން އެމްއެމްޕީއާރުސީގެ ޗެއާމަންކަމުގެ މަގާމުގައި ހުންނެވި ނޫރައިން ޖަނާހުވެސް ދާދިފަހުން ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. އަދި އެމްއެމްޕީއާރުސީ ބޯޑުގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ، މަޓީ ތަމްސީލު ކުރައްވަމުން ގެންދެވި މެމްބަރު ރާފިލްވެސް ވަނީ ކުންފުނީގެ ބޯޑުން އިސްތިއުފާ ދެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!