ކޯސްޓްގާޑް ބިލްޑިންގް އެޅުމުގެ މަސައްކަތް ކުރުމުގެ ތެރޭގައި މީހެއްގެ ގެއަށް ގެއްލުންވި މައްސަލާގައި 230،000ރ. ގެ ބަދަލެއް އެ މީހާ އަށް ދިނުމަށް ރެއިންބޯ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ކުރީގެ ކޯސްޓްގާޑް ބިލްޑިން ހުރި ތަނުގައި އަޅާފައިވާ 10 ބުރީގެ އިމާރާތުގެ ސަބަބުން ހ. ބުޗާގެއާގެ އަށް ގެއްލުންވާތީ އެ ގޭގެ ވެރިފަރާތެއް ފާތިމަތު ނަތާޝާ މުހައްމަދު ސިވިލް ކޯޓުގައި ދައުވާކުރީ ޑިފެންސް މިނިސްޓްރީގެ އިތުރުން ރެއިންބޯ ކޮންސްޓްރަކްޝަނާ ދެކޮޅަށެވެ.

Ad
rt

އިމާރާތުގެ މަސައްކަތް ކުރިއަށް ގެންދާތީ، ބުޗާގެއާގޭގެ ކުއްޔަށް ދީފައި ހުރި ދެ ފްލޯއަކުން މީހުން ހުސްކުރަން ޖެހުމުން ލިބެމުންދިޔަ ކުލީގެ ފައިސާ ގެއްލި، ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 236،000ރ. އެކީ އެއްފަހަރާ ނަގައިދިނުމަށް އެ މައްސަލާގައި އެދިފައިވެ އެވެ. އަދި ބުޗާގެއާގެއަށް ލިބިފައިވާ ގެއްލުންތައް މަރާމާތުކުރުމަށް ހިނގާ މުއްދަތުގައި ކޮންމެ މަހަކަށް 29،000ރ. ހޯދުމަށް ވެސް އެ ދައުވާގައި އެދިފައިވެ އެވެ.

ސިވިލް ކޯޓުގެ ހުކުމުގައިވަނީ މަސައްކަތް ކުރުމުން އަންނަ ވައިބްރޭޝަންގެ ސަބަބުން ބުޗާގޭގެ ފާރުގައި ރެނދުތައް އިތުރަށް ބޮޑުވުމާއި ފަސްގަނޑު ދޫވުމުގެ ސަބަބުން އިމާރާތުގެ އުތުރު ފަރާތުގެ އިންފާރު އަރިއަޅާލައި ސީލިންގްއިން ބައެއް ވެއްޓިފައިވާތީ ގާނޫނީ ޒިންމާއާ ހިލާފުވެފައިވާ ކަމަށެވެ.

އެ ގެއްލުންތައް ލިބެމުންދާކަން ރެއިންބޯ ކުންފުނީގެ ސަމާލުކަމަށް ގެނެސްފައިވަނިކޮށް، ރައްކާތެރިކަމުގެ ފިޔަވަޅު ނާޅައި ދައުވާކުރާ ފަރާތުގެ އިމާރާތަށް ގެއްލުންވާ ގޮތަށް މަސައްކަތް ކުރުމަކީ އިމާރާތް ކުރުމުގެ ގާނޫނާއި ގަވައިދާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ހުކުމްގައި ކަނޑައަޅާފައިވެ އެވެ.

އެހެންވެ، ގެއްލުމުގެ ބަދަލުގެ ގޮތުގައި 232،000 ރުފިޔާ ރެއިންބޯ އިން ނަތާޝާއަށް ދައްކަން ޖެހޭ ކަމަށް ހުކުމްގައިވެ އެވެ.

އެ މައްސަލާގައި އިމާރާތަށް ގެއްލުންވުމުން ބުޗާގެއާގޭގެ ކުއްޔަށް ދީފައި ހުރި ދެ ފްލޯއަކުން މީހުން ހުސްކުރަން ޖެހުމުން ލިބެމުންދިޔަ ކުލީގެ ފައިސާ ގެއްލި، ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 236،000ރ. އެކީ އެއްފަހަރާ ނަގައިދިނުމަށް އެ މައްސަލާގައި އެދުނެވެ. އަދި ގެއްލުންތައް މަރާމާތުކުރުމަށް ހިނގާ މުއްދަތުގައި ކޮންމެ މަހަކަށް 29،000ރ. ހޯދުމަށް ވެސް އެ ދައުވާގައި އެދިފައިވެ އެވެ