ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެއެވެ.

ސްޓެލްކޯއިން ބުނީ ކަރަންޓު ކެނޑިފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށެވެ. އެ މައްސަލައިގެ ތަފްސީލެއް އެ ކުންފުނިމް ހާމައެއް ނުކުރެއެވެ.

Ad
rt

މި މައްސަލަ ދެނަގަނެ ހައްލު ކުރުމުގެ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.

ހުޅުމާލެއިން ކަރަންޓު ކެނޑިފައިވާއިރު މިއަދު ޓްރާންސްފޯމަރެއްގެ ކޭބަލެއް ވަގަށް ނެގުމުން ހެންވޭރުގެ ބައެއް ގެތަކުންވެސް ވަނީ ކަރަންޓު ކެނޑިފައެވެ. އެ މައްސަލަ ހައްލުކުރުމަށްވެސް ސްޓެލްކޯއިން އަންނަނީ މަސައްކަތް ކުރަމުންނެެވެ.