އެވަގުތުކޮޅު ރަމްޒުކޮށްދެނީ އޮސްޓްރޭލިއާގައި މުސްލިމުންނާއި ކްރިސްޓިއަނުންގެ އެއްބައި ވަންތަކަމެވެ. ޤައުމަށް ދިމާވެފައިވާ އުނދަގޫ ދަނޑިވަޅުގައި އެ ޤައުމުގެ މުސްލިމުންނާއި ކްރިސްޓިއަނުން އެޤައުމުގެ އެޑެލައިޑް ގެ ބޮނީތޮން ޕާކަށް ޖަމާވިއެވެ.

އެދުވަހު ފަންސާހަށްވުރެ ގިނަ މުސްލިމް ފިރިހެނުންނާއި އަންހެނުން އަދި ކުޑަކުދިންވަނީ ދެކުނު އޮސްޓްރޭލިއާގެ އެޑެލައިޑް ގެ ބޮނީތޮން ޕާކްއަށް ޖަމާވެ، އޮސްޓްރޭލިއާގައި އަނދަމުންދާ އަލިފާނުގެ ސަބަބުން ގެއްލުން ލިބެމުންދާ މީހުނަށްޓަކައި ވާރޭ ވެއްސެވުމަށް އެދި ދުޢާކޮށްފައެވެ.

ސެންޓަރ ފޯ ކްރިސްޓިއަން އެންޑް މުސްލިމް ރިލޭޝަންސްގެ ފަރާތުން ޕްރީސްޓް ޕެޓްރިކް މެކްނެރޭ މިޖަމާއަތުގައި ވަނީ ބައިވެލައްވާފައެވެ. އަދި އެބޭފުޅާގެ އަޚު ޕްރޮފެސަރު މުހައްމަދު އަބްދުއްﷲގެ ޚުތުބާގައި ގިނަގިނައިން ތައުބާވުމަށާއި، ރަހްމާންވަންތަ ރަޙީމްވަންތަ ރަސްކަލާނގެ ރަހްމަތަށް އެދި ދެންނެވުމަށް ބާރުއަޅުއްވާފައި ވެއެވެ.

ފައްސަތޭކައެއްހާ ފަޔަރ ފައިޓަރުން ދަނީ އޮސްޓްރޭލިއާގެ އެކި ހިސާބުތަކުގައި އަނދަމުންދާ މިއަލިފާންގަނޑު ނިއްވުމުގެ މަސައްކަތް ކުރަމުންނެވެ. 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ރޯވެ އަނދަމުންދާ މި އަލިފާންގަނޑުވަނީ ވަޔާއި ހޫނުގަދަވުން ފަދަ މޫސުމީ ބަދަލު ތަކުގެ ސަބަބުން އިތުރަށް ފެތުރިފައެވެ. ބައިލައްކައެއްހާ ޖަނަވާރު މި އަލިފާންގަނޑުގެ ސަބަބުން ވަނީ މަރުވެ، ފަނާވެ ގޮސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!