ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގެ ބޯޑު އަލުން އެކުލަވާލައިފިއެވެ.

މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގައި ބަޔާންކުރާ "ނޭޝަނަލް ޑްރަގް އޭޖެންސީގެ ބޯޑު" ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަލުން އެކުލަވާލާފައިވާއިރު، އައު ބޯޑުގެ ޗެއާމަނަކަށް ހަމަޖައްސަވާފައި ވަނީ ދާޚިލީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ލުބްނާ މުޙައްމަދު ޒާހިރު ޙުސައިން އެވެ.

Ad
rt

ލުބްނާ ވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި ވެސް އެ މަގާމު ފުރުއްވާފައެވެ.

މި ބޯޑުގައި ދެން ހިމެނިވަޑައިގަންނަވާ މެންބަރުން:

  • ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑެޕިއުޓީ އަންޑަރ ސެކްރެޓަރީ ފޮރ ޕަބްލިކް ޕޮލިސީ ޝިބާނާ ޢަބްދުﷲ ދީދީ،
  • ހެލްތު މިނިޓްރީގެ ނައިބު އަލްއުސްތާޛު އިސްމާޢީލް ޒާހިރު،
  • ޔޫތު މިނިސްޓްރީގެ ނައިބު އަލްއުސްތާޛު އިސްމާޢީލް ރަޝީދު،
  • އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާޠިމަތު ޢައްޒާ،
  • އެމްއެންޑީއެފްގެ ލެފްޓެނަންޓް ކާނަލް ޑޮކްޓަރ އާމިނަތު ޝުމްރާ،
  • ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝާކިރު،
  • ކަސްޓަމްސްގެ ޑެޕިއުޓީ ޗީފް ސުޕްރިންޓެންޑެންޓް އަލްއުސްތާޛު އަޙްމަދު ސިމާޙް،
  • ޗާފް ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރ ސީނީޒު ޢަލީ
  • މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ "ޖަރނީ ޖަމްޢިއްޔާ"ގެ ފަރާތުން އަޙްމަދު ޢަބްދުއްސައްތާރު

މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގައި ބުނާގޮތުން ނޭޝަނަލް ޑްރަގް އެޖެންސީގެ ބޯޑު ޖަވާބުދާރީވާން ޖެހެނީ ޑްރަގް އޭޖެންސީ އެ ވުޒާރާއެއްގެ ދަށުން ހިންގޭ ވުޒާރާއެއްގެ ވަޒީރަށެވެ. މި އޭޖެންސީ ހިންގަމުން އަންނަނީ ދާޚިލީ ވުޒާރާގެ ދަށުންނެވެ.

ނޭޝަނަލް ޑްރަގް އެޖެންސީއަކީ، މަސްތުވާތަކެއްޗާ ބެހޭ ޤާނޫނާއި އެ ޤާނޫނާ ގުޅިފައިވާ މައިގަނޑު ސިޔާސަތުތައް، ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލްގެ ލަފާއާއި މަޝްވަރާގެމަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމުން، އެ ސިޔާސަތުތައް ތަންފީޛުކުރާ މައިގަނޑު އިދާރާއެވެ.