ރިޕޯޓްތައް ބުނާ ގޮތުން އެޕަލް އިން އަންނަނީ ޓެކް އިންޑަސްޓްރީގެ އެންމެ ތުނި ޑިވައިސްތައް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. ބްލޫމްބާގްގެ މާކް ގުރްމަން ބުނި ގޮތުގައި އެ ކުންފުނިން މަސައްކަތް ކުރަމުން ދަނީ އެ މީހުންގެ ކެޓަގަރީތަކުން އެންމެ ސްލިމް އަދި އެންމެ ލުއި ޕްރޮޑަކްޓްތަކަކަށް ވާނެ އާ ކްލާހެއްގެ އުފެއްދުންތަކަކަށެވެ.
އެޕަލްގެ އުފެއްދުންތައް ތުނިކުރުމަށް އެކުންފުނިން ކުރާ މަސައްކަތް ދާދި ފަހުން ތައާރަފްކުރި އައިޕެޑް ޕްރޯއިންވެސް ފެނިފައިވާއިރު، އެޕަލް އިން އަންނަނީ ކައިރި މުސްތަގުބަލެއްގައި ސްކިނިއާ މެކްބުކް ޕްރޯ، އެޕަލް ވޮޗް އަދި އައިފޯނެއް ވެސް ތައާރަފް ކުރަން ތައްޔާރުވަމުންނެވެ. އައިފޯންގެ ސްލިމް ޕްލޭންތަކާ ބެހޭ ގޮތުން މިދިޔަ މަހު "ދަ އިންފޮމޭޝަން" އިން ރިޕޯޓްކޮށްފައިވާއިރު ގުރްމަން މިހާރު ވަނީ އެ ވާހަކަތައް ކަށަވަރުކޮށްދީފަ އެވެ.
އައިފޯން 17 ގެ ލައިންއަޕް ތައާރަފްކުރުމާއެކު އަލްޓްރާ ތިން އައިފޯން 2025 ވަނަ އަހަރުގެ ކުރީކޮޅު އަންނާނެ ކަމަށް ބެލެވެ އެވެ. މި އާ މޮޑެލް އަކީ މިހާރުގެ އައިފޯން ޕްރޯ މެކްސް އަށް ވުރެ އަގުބޮޑު އަދި ޕްރޯ މެކްސް އާއި ސްޓޭންޑަޑް އައިފޯނާ ދެމެދު ސްކްރީން ސައިޒެއް ހުންނާނެ މޮޑެލްއަކަށް ވެދާނެ އެވެ.
ތުނި މެކްބުކް ޕްރޯ އާއި އެޕަލް ވޮޗް ނެރޭނެ ވަކި ޓައިމްލައިނެއް ނެތަސް، އެޕަލް އިން ހާއްސަވެފައި ވަނީ ޑިވައިސް ތުނިކަމުގެ ބައުންޑަރީތައް އެ ކުންފުނީގެ ޕްރޮޑަކްޓް ރޭންޖުގައި ދަމަހައްޓަން ކަން އެނގެ އެވެ.
އެޕަލް އިން އިނޮވޭޓްކޮށް އިތުރު ކޮމްޕެކްޓް ޑިވައިސްތައް އުފައްދަމުން އަންނައިރު، ކަސްޓަމަރުންގެ ފޭވަރިޓް ގެޖެޓްތަކަކީ ހަމައެކަނި ބާރުގަދަ އަދި ފީޗާ މުއްސަނދި ގެޖެޓްތަކެއް ނޫން ކަމަށާއި، ނުހަނު ޕޯޓަބަލް އަދި އުފުލަން ފަސޭހަ މުސްތަގުބަލަކަށް ކަސްޓަމަރުންނަށް އިންތިޒާރު ކުރެވޭނެ ކަމަށެވެ.
ނަމަވެސް ކުރިއަށް އޮތް މި ޑިވައިސްތަކުގައި ހަރުދަނާ ބެޓެރީ ލައިފާއި ޕާފޯމަންސް އަދި ދެމެހެއްޓެނިވިކަން ބޭނުންވާތީ އެޕަލް އިން ތުނިކަމަށް އެދޭ އެދުން ބެލެންސް ކުރާނީ ކިހިނެއްތޯ ބަލަން ޖެހެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!