ހުޅުމާލެ ފަޅުތެރޭގައި އޮތް ޑްރެޖަރެއްގައި މަސައްކަތެއްގައި އުޅެނިކޮށް އަނިޔާވި ބިދޭސީއަކު މިއަދު މަރުވެއްޖެ އެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ ހުޅުމާލެ ފަޅުތެރޭގައި އޮތް ޑްރެޖަރެއްގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީއަކަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށް އެ އިދާރާއަށް މިއަދު ހެނދުނު 10:38 ހާއިރު ރިޕޯޓް ކޮށްފައިވާކަމަށެވެ.

Ad
rt

އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުންގެ ޚިދުމަތުން ބުނިގޮތުގައި މަރުވެފައިވަނީ އިންޑިއާ އަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ފިރިހެނެކެވެ.

މިމައްސަލަ އާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

މިހާދިސާއާއި ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.