ޑޮކްޓަރަށް ދައްކަން މާލެ އައި މީހަކު ޚަބަރެއް ނުވެގެން ހޯދަނިކޮށް ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން މިރޭ ބުނީ މާލެ އަށް ޑޮކްޓަރަށް ދައްކަން އައިސްހުރި މީހެއްގެ ޚަބަރެއް ނުވެގެން މިރޭ 20:50 ހާއިރު އެ އިދާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި ރިޕޯޓާއި ގުޅިގެން އެމީހާ މާލޭގައި ހުންނަ ގެއަށް ފުލުހުން މިރޭ ވަނީ ގޮސްފައެވެ. އަދި އެމީހާ ހުންނަ ކޮޓަރިއަށް ފުލުހުން ވަދެ ބެލިއިރު އެމީހާ އޮތީ ނިޔާވެފައި ކަމަށް ފުލުހުން ބުނެއެވެ.
އެމީހާ އަކީ އުމުރުން 67 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި ހާދިސާއާއި ގުޅިގެން ސީނުގައި ފުލުހުން ހަރަކާަތްތެރިވަމުން އަންނަކަމަށް ވެސް ފުލުހުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!