އިިނގިރޭސި ލީގު ކަޕް (ކަރަބޯ ކަޕް) ސެމީ ފައިނަލުގައި ފުލަމް ބަލިކޮށް ފައިނަލުގެ ދެވަނަ ޖާގަ ލިވަޕޫލުން ހޯދައިފިއެވެ.
ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ލިވަޕޫލް ދަނޑުގައި ކުޅުނު މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބު ކުރީ ލިވަޕޫލުންނެވެ. ރޭ ދެވަނަ ލެގުގެ މެޗު ފުލަމްގެ ދަނޑުގައި ކުޅުނުއިރު، މި މެޗު ނިމުނީ 1-1 އިން ދެ ޓީމް އެއްވަރު ވެގެންނެވެ. ވުމާއިއެކު ލިވަޕޫލަށް ފައިނަލުން ޖާގަ ލިބިފައި ވަނީ 3-2 ގެ އެގްރިގޭޓް ނަތީޖާއިން ކުރި ލިބިގެނެވެ.
ފައިނަލުގެ ފުރަތަމަ ޖާގަ ހޯދީ ޗެލްސީއެވެ. ޗެލްސީއާއި ލިވަޕޫލަ ބައްދަލުކުރާ ފައިނަލް މެޗު ކުޅޭނީ އަންނަ ފެބްރުއަރީ މަހުގެ 25 ގައި ވެމްބްލީ ސްޓޭޑިއަމްގައެވެ. 2022 ވަނަ އަހަރު ވެސް މި މުބާރާތު ފައިނަލުގައި ޗެލްސީއާއި ލިވަޕޫލް ވަނީ ވާދަ ކޮށްފައެވެ. ޕެނަލްޓީ ޖަހައިގެން އެފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވަނީ ލިވަޕޫލުންނެވެ.
ރޭ މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ލިވަޕޫލުންނެވެ. މި ލަނޑު 11 ވަނަ މިނެޓުގައި ޖަހައިދިނީ ލުއިސް ޑިއާޒްއެވެ. ފުލަމުން ނަތީޖާ ހަމަހަމަ ކޮށްފައި ވަނީ 76 ވަނަ މިނެޓުގައެވެ. މި ލަނޑު ހެރީ ވިލްސަން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ޖެހީ ޑިއޮޕްއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!