ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިބްރާހިމް ޝަހީބު، މިއަދު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް ހާޒިރުކޮށްފިއެވެ.
ދިވެހި ސަފީރު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް ހާޒިރުކޮށްފައި މިވަނީ އިންޑިއާ އާއި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް މަލާމާތްކޮށް ރާއްޖޭގެ ތިން ނައިބު ވަޒީރަކު ހިމެނޭ ގޮތަށް ''އެކްސް''ގައި ޕޯސްޓްތަކެއްކޮށް ދެ ޤައުމުގެ ދެމެދުގައި ނުތަނަވަސްކަން އުފެދިފައި ވަނިކޮށެވެ.
ގައުމުތަކުގެ ސަފީރުން ޚާރިޖީ ވުޒާރާއަށް ހާޒިރުކުރަނީ، ކުރިމަތިވާ ކަންކަމުގައި ނުރުހުން ފާޅުކުރުމަށާއި އެ ކަމުގައި އެ ގައުމުން ދެކޭ ގޮތުގެ ސީރިއަސްކަން ހާމަކުރަންކަމަށްވާއިރު، މިކަމާބެހޭ ރަސްމީބަހެއް ލިބިފައި ނުވިނަމަވެސް ދިވެހި ސަފީރު ޝަހީބު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް ހާޒިރުކުރީ އެ މައްސަލައިގައި އިންޑިއާގެ ނުރުހުން ރާއްޖެ އަށް އޮތްކަން ހާމަކުރުމަށްކަމަށް ބެލެވެއެވެ.
އެނގިފައިވާ ގޮތުގައި، ނިއު ދިއްލީގައި ހުންނަ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް ޝަހީބް ހާޒިރުކުރީ މިއަދު ހެނދުނު ރާއްޖެ ގަޑިން 9:00 ގައެވެ.
#BREAKINGNEWS: Maldives high commissioner summoned to the @MEAIndia
pic.twitter.com/sEH6vq5DGk— @.d.@.m (@Adamiington) January 8, 2024
އަވަށްޓެރި އިންޑިއާއަށް ކުޑައިމީސްވާގޮތަށް މީސްމީޑިއާގައި ކޮށްފައިވާ ބައެއް ޕޯސްޓްތަކާ ގުޅިގެން، ދިވެހި ސަރުކާރުގެ ސްޓޭންޑް، މިނިސްޓްރީ އޮފް ފޮރިންއެފެއާޒް އިން ނެރުއްވި ބަޔާނެއްގައި ހާމަކޮށްފައިވާއިރު ބޭރުގެ ވެރިންނާ މެދު އިހްތިރާމް ކުޑަކޮށް، މުއާމަލާތްކުރާ މީހުންނާ މެދު ފިޔަވަޅު އަޅަން ފަސް ނުޖެހޭނެ ކަމަށް އެ ބަޔާނުގައި ބުނެފަވެއެވެ.
މީގެ އިތުރުން ސަރުކާރުގެ މަޤާމުގައި ތިއްބަވައި މީސްމީޑިއާގައި މިފަދަ ޕޯސްޓްތައްކުރި ފަރާތްތައް ވަޒީފާއިން ސަސްޕެންޑް ކޮށްފައިވާ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!