މައިކްރޮސޮފްޓާ ގުޅިގެން އުރީދޫ މޯލްޑިވްސް އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ވިޔަފާރިތަކަށް މައިކްރޮސޮފްޓް މޮޑާން ވޯކްޕްލޭސް ސޮލިއުޝަންތައް ތައާރަފްކޮށްފިއެވެ.
މިއީ އުރީދޫ ގްރޫޕުން މައިކްރޮސޮފްޓާއެކު ކުރިއަށްގެންދާ ހަރުދަނާ ޕާޓްނާޝިޕްގެ ބޭނުން ހިފައި، އުރީދޫ މޯލްޑިވްސްއިން ތައާރަފު ކުރި ހިދުމަތެކެވެ. މައިކްރޮސޮފްޓް މޮޑާން ވޯކްޕްލޭސް ގެ އޮފާ އަކީ ޚަރަދުކުޑަގޮތެއްގައި ވިޔަފާރިތައް ހިންގުމަށް ކުރަންޖެހޭ މުއާމަލާތްތަކާއި، މަސައްކަތްތައް ސްޓްރީމްލައިން ކުރެވޭ އެންޓަޕްރައިޒް ގްރޭޑްގެ ޕްރޮޑަކްޓިވިޓީ ޓޫލްސްގެ ފުރިހަމަ ސުއިޓެކެވެ.
އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ އުރީދޫއިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ އުރީދޫ ގެ ބައިނަލްއަގްވާމީ ޕާޓްނާޝިޕްތަކުގެ ބޭނުން ހިފައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި މުޖުތަމައުތަކުގެ ދިރިއުޅުން އަޕްގްރޭޑްކޮށް އައު ފުރުސަތުތަކާއި ގުޅުވާލަދިނުމަށް ކަމަށެވެ. އަދި މައިކްރޮސޮފްޓާއެކު ވެފައިވާ ޕާޓްނާޝިޕަކީ ދެމެހެއްޓެނިވި ޑިޖިޓަލް ރާއްޖޭ އެއް ބިނާކުރުމަށް ކުރާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބޭ ޕާޓްނަޝިޕެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
“މި ސްޓްރެޓެޖިކް ޕާޓްނާޝިޕްގެ ސަބަބުން އުރީދޫ މެދުވެރިކޮށް ފޯރުކޮށްދޭ މައިކްރޮސޮފްޓް މޮޑާން ވޯކްޕްލޭސް ސޮލިއުޝަންތަކުގެ ސަބަބުން ވިޔަފާރިތަކުގެ ހިންގުން އިތުރަށް ހަރުދަނާވެ، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުމަށް މަގުފަހިވެގެންދާނެއެވެ."ޙާލިދު އަލް ހަމާދީ ވިދާޅުވިއެވެ.
އުރީދޫއިން ފޯރުކޮށްދޭ މައިކްރޮސޮފްޓް މޮޑާން ވޯކްޕްލޭސް ޕްލޭންތަކަކީ ރާއްޖޭގެ ވިޔަފާރިތަކުގެ މަސައްކަތްތަކާއި މުއާމަލާތްތައް ފަސޭހަކަމާއެކު ޑިޖިޓަލް ކުރެވޭނެގޮތަށް ފަރުމާކޮށްފައިވާ ޕްލޭންތަކެކެވެ. މި އޮފާއާއެކު ބިޒްނަސް އީމެއިލް، ކޯލަބްރޭޝަން ޓޫލްސް، އޮންލައިން ސްޓޯރޭޖް އަދި އިތުބާރު ހިފޭ ކްލައުޑް ސޮލިއުޝަންތައް ހިމެނޭ ގޮތަށް ވިޔަފާރީގެ ހުރިހާ ބޭނުންތަކަށް އެއްތަނަކުން ހައްލެއް ލިބިގެންދާނެއެވެ.
މި ޕާޓްނާޝިޕްގެ ދަށުން ޒަމާނީ ފެންވަރުގެ ސެކިއުރިޓީ ފީޗާތަކާއި، 24 ގަޑިއިރުގެ ސަޕޯޓް ދިވެހި ބަހުން ލިބިގެންދާނެ ކަމަށް އުރީދޫއިން ބުންޏެވެ. އަދި ވިޔަފާރިތަކަށް ފަސޭހަކަމާއެކު ގިނަ ޑިވައިސްތަކަކުން މުވާސަލާތީ ކަންކަން ބެލެހެއްޓުމުގެ ފުރުސަތު ފަހިކޮށްދީ، މަސައްކަތްކުރާ ފަރާތްތަކަށް ދުރުގައި ތިބިނަމަވެސް ފަސޭހަކަމާއެކު ވަގުތުން ގުޅިގެން މަސައްކަތް ކުރެވޭނެ ކަމަށާއި ކްލައުޑްގެ މެދުވެރިކޮށް ހުރިހާ އެޕްލިކޭޝަނެއްގެ އެންމެ ފަހުގެ އަޕްޑޭޓްތައްވެސް ވިޔަފާރިތަކަށް ލިބިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އުރީދޫ މޯލްޑިވްސްގެ ޗީފް ބިޒްނަސް އޮފިސަރު ރާޖޭޝް މެހެތާ ވިދާޅުވީ މައިކްރޮސޮފްޓާއެކު ވެފައިވާ މި ޕާޓްނާޝިޕަކީ ވިޔަފާރިތައް ކުރިއެރުމަށް މަގުފަހިކޮށްދޭ ފުރިހަމަ ޑިޖިޓަލް ސޮލިއުޝަންތައް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ހެއްކެއް ކަމަށެވެ. އަދި އުރީދޫ ގެ މޮބައިލް އަދި ފިކްސްޑް ބްރޯޑްބޭންޑް ގެ ޙިދުމަތްތަކާއި އެކު މައިކްރޮސޮފްޓް މޮޑާން ވޯކްޕްލޭސް ޕްލޭންތަކުގެ ސަބަބުން ވިޔަފާރިތަކުގެ ޕްރޮސެސްތަކާއި ކޯލަބްރޭޝަން އިތުރަށް ސްޓްރީމްލައިން ކުރެވި އިތުރަށް ހަރުދަނާވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
“24 ގަޑިއިރުގެ ސަޕޯޓާއި، ވަރުގަދަ ސެކިއުރިޓީ ފީޗާސް ތަކާއެކު ލިބޭ މި ހިދުމަތް އުރީދޫ މެދުވެރިކޮށް ނަންގަވާ ވިޔަފާރިތަކަށް ފަސޭހަ އަދި ލުއި ޕޭމަންޓް އޮޕްޝަންތައް ފަދަ ފައިދާތައް ލިބިގެނދާނެ." ރާޖޭޝް މެހެތާ ވިދާޅުވިއެވެ.
މި ޕާޓްނާޝިޕާއެކު އުރީދޫ މޯލްޑިވްސްގެ ސަބަބުން ލައިސަންސް ކޮމްޕްލަޔަންސް މައްސަލަތަކާއި އިންސްޓޯލްމަންޓާ މެދު ކަންބޮޑުވުމެއް ނެތި މައިކްރޮސޮފްޓް މޮޑަން ވޯކްޕްލޭސް ގެ ފައިދާތައް ލިބިގެންދާނެއެވެ. އަދި މައިކްރޮސޮފްޓްގެ މެއިން ޕާޓްނަރެއްގެ ހައިސިއްޔަތުން އުރީދޫ މެދުވެރިކޮށް މައިކްރޮސޮފްޓް މޮޑާން ވޯކްޕްލޭސް ގެ ހިދުމަތްތައް ހޯދުމަށް ޚިޔާރުކުރާ ވިޔަފާރިތަކަށް ޕަ-ޔޫޒާ މަންތްލީ ސަބްސްކްރިޕްޝަނެއް ހެޔޮ އަގުގައި ލިބިގެންދާއިރު ދިވެހި ރުފިޔާއިން ފައިސާ ލޯކަލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ދައްކާލެވޭނެއެވެ.
އުރީދޫ އިން ފޯރުކޮށްދޭ މައިކްރޮސޮފްޓް މޮޑާން ވޯކްޕްލޭސް ސޮލިއުޝަން ގެ އިތުރު މައުލޫމާތު ooredoo.business@ooredoo.mv އަށް މެއިލްކޮށްގެން ވިޔަފާރިތަކަށް ލިބޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!