ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން އުފައްދާފައި އިއްތިހާދު (ޕްރޮގްރެސިވް ކޯލިޝަން)އިން ބާއްވާ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީ ވާދަކުރައްވަން ކުރީގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ފޯމު ހުށަހަޅުއްވައިފިއެވެ.

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބު ރައީސްކަން ވެސް ކުރެއްވި، ކުރީގެ ރައީސް މައުމޫން އަބުދުލްޤައްޔޫމްގެ ދަރިކަނބަލުން ދުނިޔާ މިރޭ ‘’އެކްސް’’ މެދުވެރިކޮށް ވަނީ އޭނާ ޕީޕީއެމް/ޕީއެންސީ އިއްތިހާދުގެ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރަށް ވަން ފޯމު ހުށަހެޅުއްވިކަން ހާމަކުރައްވާފައެވެ.

Ad
rt

ދުންޔާ ވާދަ ކުރައްވަނީ ހުޅުމާލެ ދެކުނު ދާއިރާގެ ޓިކެޓަށެވެ.

‘’‏މާތް الله ގެ ވާގިފުޅާއެކު، އަޅުގަނޑަށް ކުރެވެން އޮތް އެންމެ ރަނގަޅަކަށް ހުޅުމާލެގެ ރައްޔިތުންނަށް ޚިދުމަތް ކުރުމަކީ އަޅުގަނޑުގެ އިޚްލާޞްތެރި އެދުން.’’ ދުންޔާ ވިދާޅުވެފަވެއެވެ

އޭނާ ވަނީ އެ ދާއިރާގެ ރައްޔިތުން އެދޭ ފުދުންތެރިކަމާއި ތަރައްޤީ ގެނެސްދިނުމަށްޓަކައި މިސަރުކާރާއެކު ވަކާލާތު ކުރުމުގައި ދެމި ހުންނަވާނެ ކަމުގެ ޔަގީންކަން ވެސް އެ ދާއިރާގެ ރައްޔިތުންނަށް ދެއްވާފައެވެ.

މި ޕްރައިމަރީގެ ވޯޓުލުން ބާއްވަން ނިންމާފައި ވަނީ 23 ޑިސެންބަރު 2023 ގައެވެ.