ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑައިރެކްޓަރގެ މަޤާމާއި، އެކުންފުނީގެ މިހާރުގެ އެމްޑީ އަޙުމަދު ސައީދު މުޙައްމަދު ހަވާލުވިތާ އެއްއަހަރު ހަމަވިއިރު ކުންފުނި ފަހި ދުވެއްޔަކަށް އަޅުވައިދީފައެވެ.

Ad
rt

ނިމިދިޔަ ސަރުކާރުގައި މައްސަލަތަކުގެ ހާއްޔެއްގޮތަށް ބައެއްފަހަރު ކުންފުނި ސިފަވެފައި އޮތަސް އެމްޑީ ސައީދުގެ މާލިމީކަމުގެ ދަށުންވަނީ، ކުންފުނި ރައްޔިތުން ބަލައިގަންނަ ކުންފުންޏަކަށް ހަދާފައެވެ. މިއަދު ފެނަކަ ފެންނަންއޮތީ ނަޒާހަތްތެރި ފޭރާމަކުން ޒީނަތްތެރިވެ، ޚިދުމަތުގެ ގޮތުންނާއި، މަސައްކަތްތެރިކަމާއި، ހިންގުންތެރިކަމުގެ ގޮތުންވެސް ނަމޫނާ ދައްކާ ކުންފުންޏެއްގެ ގޮތުގައެވެ.

ހިދުމަތްތައް ފޯރުކޮށް ދިނުން ހަލުވި ދުވެލީގައި

އެމްޑީ ސައީދަކީ ޤާބިލު ތަޖުރިބާހުރި ބޭފުޅެއްކަން އޭނާ ދައްކަވާފައިވަނީ މަސައްކަތުގެ ނަތީޖާއިންނެވެ. ވޭތުވި އެއްއަހަރު ތެރޭގައި ރާއްޖޭގެ އެކި ރަށްތަކަށް ޖުމްލަ 67 ޖެނެރޭޓަރު ސެޓް ފޯރުކޮށްދީ، އޭގެ ތެރެއިން 60 ޖެނެރޭޓަރު ސެޓް އިންސްޓޯލްކޮށް ރައްޔިތުންނަށް ކަރަންޓުން ލުއިކަން ހޯއްދަވައި ދެއްވާފައި ވެއެވެ.

އިންޖީނުގެ ގާއިމު ކުރެވިފައި ހުރި ސަރަޙައްދު ތަކުގެ ގޮތުން އާންމުންނަށް އުނދަގޫ ފޯރުމާއި، ޚިދުމަތް ދިނުމަށް ކުންފުންޏަށްވެސް ދިމާވާ ދަތިތައްފަދަ ސަބަބުތަކާހުރެ ހުރި ސަރަހައްދު ބަދަލު ކުރަން ބޭނުންވެ، ނުވެ ހުރި 26 ރަށެއްގެ އިންޖީނުގެތަށް ހުރި ސަރަޙައްދުތަކުން އެހެން ސަރަޙައްދުތަކަށް ބަދަލުކުރުމުގެ މަޝްރޫޢު ވަނީ އެމްޑީ ސައީދުގެ މޭސްތިރިކަމުގެ ދަށުން ފަށާފައެވެ.

އެއް އަހަރުގެ ޚިދުމަތުގެ އިތުރު އުސްއަލިތައް

- އިޓަލީގެ މިލާނޯ-ބިކޯކާ މެދުވެރިކޮށް ފ. މަގޫދޫގައި ގާއިމްކުރި ސޯލާ ކަރަންޓުގެ ނިޒާމުން އުފައްދާ ކަރަންޓު ގަތުމަށް ނޮން-ޔުޓިލިޓީ ފަރާތަކާއެކު ރާއްޖޭގައި ފުރަތަމަ ސޮއިކުރެވުނު ޕަވާ-ޕާޗޭސް އެއްބަސްވުމެއްގައި ފ. މަގޫދޫ ކައުންސިލާއެކު ސޮއިކުރުން.
- މިސްކިތްތަކުގައި ސޯލާ-ޕީވީއާއި އެއާކޮންޑިޝަން ހަރުކުރުމަށް އިސްލާމިކް މިނިސްޓްރީއާ ދެމެދު އެއްބަސްވުން،
- ގދ. މާވަރުލު އެއާޕޯޓަށް ފެނާއި ނަރުދަމާ އަދި ކަރަންޓު ފޯރުކޮށްދިނުމަށް ޓްރާންސްޕޯރޓް މިނިސްޓްރީއާއިއެކު އެއްބަސްވުން.

މުވައްޒަފުންނަކީ އެކުވެރި، ތަންދެކެ ލޯބިވާ ބަޔަކަށް ހެދުމުގައި މިސާލު ދެއްކެވި

މުވައްޒަފުންނަކީ ކުންފުނި ދެކެލޯބިވާ، ގަޔާވެގެން، ނަތީޖާ ނެރުމަށް މަސައްކަތްކުރާ މުވައްޒަފުން ތަކަކަށް ހަދައި، އެކުވެރި މާހައުލެއްގައި އެއް އަމާޒަކަށް މަސައްކަތް ކުރާ ބަޔަކަށް ހެދުމަށް އެމްޑީ ސައީދު ކުރެއްވި މަސައްކަތުގެ ނަތީޖާ ވަރަށްވެސް ފޮންޏެވެ. ފެނަކައިގެ ތެރެއިންނާ ބޭރުންދަނީ އޭގެ ހެޔޮ ބަދަލު ފެންނަމުންނެވެ.

މުވައްޒަފުންގެ ދުޅަހެޔޮކަމަށާއި، އިޖުތިމާއީ ޒިންމާއަދާކުރުމުގައި އެއްއަހަރުގެ ތެރޭގައި ހިންގުނު ހަރަކާތްތަކުގެ ޚުލާސާ

- ހެޑް އޮފީހުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ހޭންޑްބޯލް އަދި ފުޓްސަލް މުބާރާތް އިންތިޒާމުކޮށް ބޭއްވުން.
- އަތޮޅުތެރޭގެ ފެނަކަ މުވައްޒަފުންގެ ފުޓްސަލް މުބާރާތެއް ބޭއްވުން.
- ކުންފުނީގެ ހުރިހާ ގޮފިތަކުގެ މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާތަކަށް ހުޅުވާލައިގެން ޤުރުއާން މުބާރާތެއް ބޭއްވުން.
- މާލޭގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް 1 މިލިއަން ރުފިޔާގެ ފައިސާގެ އެހީދިނުން
- އެކި ރަށްރަށަށް ޖުމްލަކޮށް 90،000 އަށް ވުރެ ގިނަ ލެޑް ލައިޓް ފޯރުކޮށްދިނުން.
- އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުމުގެ ހަރަކާތްތައް
- ރޯޑް ސޭފްޓީ އެވެއާނެސް ކެމްޕޭން
- އާތު އަވާ ހަރަކާތް
- ގައުމީ ދުވަހުގެ ހަރަކާތް
- ވޯލްޑް އޯޓިޒަމް އެވެއާނެސް ޑޭ
- ވޯލްޑް ޑައިބެޓިކް ޑޭ

ކާމިޔާބު ފަޚުރުވެރި އަހަރެއް

އެމްޑީ ސައީދުގެ ހިންގުތެެެރިކަމާއި، އުފެއްދުންތެރި މަސައްކަތްތަކުގެ ފޮނިމޭވާއެއްގެ ގޮތުގައިވަނީ އަހަރުގެ އޭޝިއަން ޔުޓިލިޓީ ވީކް 2019 ގައި އިންޑަސްޓްރީ ލީޑާ އެވޯޑު ލިބިވަޑައިގަންނަވާފައެވެ.

ހަމަ އެހެންމެ މިއަހަރު ބޭއްވި މޯލްޑިވްސް ބިޒްނަސް އެވޯޑްސްގައި މި އަހަރުގެ އެކްސެލެންސް އިން ޔުޓިލިޓީ އެވޯޑް ފެނަކަ ކާމިޔާބުކޮށް ފަޚުރުވެެރި އެއް އަހަރު މިވަނީ ކަޑައްތު ކޮށްފައެވެ.