އެމްޑަބްލިއުއެސްސީން މަސްވެރިންގެ ޕާކުގައި ޓޫރިސްޓުންނަށް ހާއްސަކޮށްގެން ހަދައިދިން ޓާމިނަލް މާލޭ ސިޓީ ކައުންސިލާ މިއަދު ހަވާލުކޮށްފި އެވެ.
މަސްވެރިންގެ ޕާކު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޓާމިނަލް ސިޓީ ކައުންސިލާ ހަވާލުކޮށްދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް އެވެ. މިއީ ސިޓީ ކައުންސިލްގެ އެދުމުގެ މަތިން އެމްޑަބްލިއުއެސްސީގެ ސީއެސްއާރު ދަށުން ހަދައިދިން ޓާމިނަލެކެވެ.
MD @AdamAzim handing over the key to the Tourist Public Restrooms at Masveringe Park to Male’ City Mayor @SifaMohammed A CSR project of MWSC, this Public amenity accommodates a total of eight contemporary restrooms. #EkuveriMWSC #CSRMWSC pic.twitter.com/jQwZFPjvZJ
— Male' Water and Sewerage Company Pvt. Ltd. (@MWSC_Official) December 23, 2019
މިރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ދެއްކެވި ވާހަކާގައި، ތިންމަސްތެރޭގައި އެމްޑަބްލިއުއެސްއީން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނަށް އެކުންފުނީގެ ސީއެސްއާރު ދަށުން މިފަދަ މުހިންމު މަސައްކަތެއް ފުރިހަމަކޮށްދެއްވީތީ އެކަންވަނީ ފާހަގަ ކުރައްވާފައެވެ. އަދި އެކުންފުނިން މިފަދަ މުޖުތަމައުގެ ތަރަށްގީއަށް ކުރެވޭ މަސައްކަތްތަކުގައި ދެމި ތިއްބަވާނެކަން އެމްޑީ އާޒިމް ފާހަގަ ކުރެއްވިއެވެ.
“The Tourist Public Restrooms completed in three months, stands testimony to the fact that the MWSC team values, and shall continue to value CSR projects which encourage community welfare and development.”, MD Adam Azim
#EkuveriMWSC #CSRMWSC pic.twitter.com/mTeNP66MI2— Male' Water and Sewerage Company Pvt. Ltd. (@MWSC_Official) December 23, 2019
މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ މާލެ އަންނަ ޓޫރިސްޓުންނަށް ފާހާނާކޮށް، ފެންވެރޭނެ ގޮތާއި ޓޫރިސްޓުންނަށް މައުލޫމާތު ފޯރުކޮށްދޭނެ އިންތިޒާމް ވެސް ހަމަޖައްސާފައިވާ ޓާމިނަލް ހިންގާނީ ވިޔަފާރި މޮޑެލަކަށް ކަމަށެވެ. އެހެންކަމުން ޓާމިނަލް ހިންގަން ދައުލަތުގެ ބަޖެޓުން ހަރަދު ނުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޓާމިނަލްގެ ފާހާނާ ބޭނުންކުރެވޭނީ ފީއެއް ނައިގެންނެވެ. ނަމަވެސް އެ އަގުތައް ސިޓީ ކައުންސިލުން އަދި ކަނޑައެއްނާޅަ އެވެ. މި އަގުތަކާ ގުޅޭ ގޮތުން ޓޫރިޒަމް ދާއިރާގެ ފަރާތްތަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށް ޝިފާ ވިދާޅުވި އެވެ.
ޓާމިނަލުން ފްލައިޓު ޝެޑިއުލް އާއި ގެސްޓް ހައުސްތަކުގެ މައުލޫމާތު ލިބެން ހުރުމުގެ އިތުރުން ޓުއާ ގައިޑްގެ ހިދުމަތް ބޭނުން ނަމަ އެކަން ވެސް ކުރެވޭނެ ކަމަށް ޝިފާ ވިދާޅުވި އެވެ.
ޓޫރިސްޓް ޓާމިނަލް ނިންމައި ސިޓީ ކައުންސިލާ ހަވާލުކުރި ނަމަވެސް އެތަން ހުޅުވާނެ ރަސްމީ ތާރީހެއް ސިޓީ ކައުންސިލުން ހާމަކޮށްފައެއް ނުވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!