އުރީދޫ މޯލްޑިވްސްގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް ރީޗާޖްކޮށްގެން ހާއްސަ ހަދިޔާތަކެއް ލިބޭ ޕްރޮމޯޝަނެއް މިއަދު އިއުލާންކޮށްފިއެވެ.

މި ޕްރޮމޯޝަނުގެ ދަށުން އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖްކުރާ ޕްރީޕެއިޑް ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް ކޮންމެ ހަފްތާއަކު ހާއްސަ ހަދިޔާ އެއް ލިބޭނެއެވެ. މި ޕްރޮމޯޝަންގެ ގްރޭންޑް ޕްރައްޒް ގެ ނަސީބުވެރިފަރާތައް އައިފޯން 15 ޕްރޯ މެކްސް އެއް ލިބުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.

Ad
rt

މި ޕްރޮމޯޝަން ކުރިއަށްދާނީ 31 ޑިސެމްބަރ 2023 ގެ ނިޔަލަށެވެ.

މި މުއްދަތުގެ ތެރޭގައި އުރީދޫ އެޕް މެދުވެރިކޮށް 20 ރުފިޔާ ނުވަތަ އެއަށްވުރެ މަތިން ރީޗާރޖް ކުރައްވާ ޕްރިޕެއިޑް ކަސްޓަމަރުންގެ ތެރެއިން ނެގޭ ގުރުއަތަކުން ކޮންމެ ހަފްތާއެއްގެ ނަސީބުވެރި ފަރާތް އަދި ޑިސެމްބަރު ނިމުމުން ގްރޭންޑް ޕްރައިޒްގެ ނަސީބުވެރި ފަރާތް ހޮވާނެއެވެ. އެމް-ފައިސާ މެދުވެރިކޮށް ރިޗާޖް ކުރާ ފަރާތްތައްވެސް މި ޕްރޮމޯޝަންގައި ހިމެނޭނެ ކަމަށް އުރީދޫއިން ބުންޏެވެ.

ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ އެއް ފަރާތަކަށް "ވީކްލީ ވިނާ" ގެ އިނާމުގެ ގޮތުގައި މޫލީ މެދުވެރިކޮށް އެޕަލް ވޮޗް ސީރީޒް 8، ވާވޭ ވޮޗް ބަޑްސް، ގާމިން ވެނޫ އެސްކިއު - މިއުޒިކް، އެޕަލް އެއާޕޮޑްސް ޕްރޯ ޖެން2، ސެމްސަންގް ގެލެކްސީ ވޮޗް 5، ސެމްސަންގް ގެލެކްސީ ބަޑްސް 2 ޕްރޯ، އެޕަލް މެގް ސޭފް ޑުއޯ ޗާޖަރު ނުވަތަ އިންސްޓެކްސް މިނީ 40 އެއް ލިބިގެންދާނެއެވެ.

އުރީދޫ އެޕް ވަނީ ދާދި ފަހުން ސުޕަ އެޕަކަށް އަޕްގްރޭޑްކޮށް، ގިނަ ހިދުމަތްތަކެއް، އެއް ޑިޖިޓަލް ފުރާޅެއްގެ ދަށުން އެންޑް ޓު އެންޑް ސޮލިއުޝަނެއް ފޯރުކޮށްދީ އެޕް ގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްފައެވެ.

އުރީދޫ އެޕް ޑައުންލޯޑްކުރަން ބޭނުންވާަ ފަރާތްތަކަށް http://ore.do/app ޒިޔާރާތްކޮގެން ޑައުންލޯޑް ކުރެވޭނެއެވެ.