ކުރިއާ އާއި ޕޯސްޓް މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު 2.389 ކިލޯގްރާމްގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވިދާޅުވީ، މިތަކެއްޗަކީ މިދިޔަ ސެޕްޓެމްބަރު މަހާއި، އޮކްޓޯބަރު ބަހުގެ ތެރޭގައި އެކި ފަހަރުމަތިން އަތުލައިގެންފައިވާ ތަކެތިކަމަށެވެ.
މިތަކެތި ފެނިފައި ވަނީ ކުރިއާ އާއި ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކޮށްފައި ހުރި ޕާރުސަލްތަކެއް ޗެކު ކުރުމުގެ ތެރޭގައި ޝައްކުވެގެން ބެލުމުގެ އިތުރުން ބަލާފާސްކުރުމުގެ މަސައްކަތުގެ ތެރެއިންން ކަމަށް އެ އިދާރާއިން ވަނީ މައުލޫމާތު ދެއްވާފައެވެ.
މި ތަކެތިއަތުލައިގެންފައިވަނީ ފަސް ފަހަރެއްގެ މަތިންނެވެ. މިގޮތުން ހަތަރު ފަހަރަކު އަތުގަތްތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް ތަޙުލީލުކުރި އިރު، މިތަކެތި މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ސިންތެޓިކާ ކެތިނޯން އަށް ވަނީ ޕޮޒިޓިވްވެފައެވެ. އަދި ފަސް ވަނަ މައްސަލާގައި އަތުލައިގެންތަކެތި މެފެޑްރޯން އަށް ވަނީ ޕޮޒިޓިވްވެފައެވެ.
ކަސްޓަމްސްއިން އަތުލައިގެން މަސްތުވާތަކެތީގެ ތަފްސީލް

ވިދާޅުވީ މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 2.389 ކިލޯގްރާމްގެ ހުރިި ކަމަށެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް އަތުލައިގަނެވުނު މަސްތުވާތަކެތި ދިވެހި ފުލުހުންގެ ހިދުމަތާއި ހަވާލުކުރެވިފައިވާ ކަމަށް ކަސްތަމްސްއިން ވިދާޅުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!