އާއަހަރާއި ދިމާކޮށް ގައުމީ އެއަރލައިން މޯލްޑިވިއަން އިން ބެންކޮކަށް ޚާއްސަ އަގެއްގައި ޓިކެޓް ވިއްކަން ފަށައިފިއެވެ.
އެ އެއާލައިނުން މިމަހު 23 އިން އަންނަ މަހުގެ 10 ގެ ނިޔަލަށް ބެންކޮކަށް ދަތުރުކުރާ ފަސިންޖަރުންނަށް މާލެ - ބެންކޮކް ދެކޮޅު ޓިކެޓު ވިއްކަނީ 4918.98 ރުފިޔާ (319 ޑޮލަރު) އަށެވެ.
Embrace the new decade in Bangkok!
For reservations call 3335544 or any Maldivian Office | Conditions Apply #TheNationalAirline #Maldivian pic.twitter.com/qgWL9kSQYu
— Maldivian (@MaldivianAero) December 20, 2019
ޤައުމީ އެއަރލައިނުން އަންނަނީ ތައިލެންޑްގެ ބެންކޮކްގެ އިތުރުން ޗައިނާގެ ބައެއް ސިޓީތަކަށާއި، އިންޑިއާގެ ތިރިވަރަމްދަމް ޕޫރަމް، ކޮޗިން، ޗެއްނާއި އަދި ބަނގުލަދޭޝްގެ ޑާކާއަށް ދަތުރު ކުރަމުންނެވެ.
މީގެ އިތުރުން މާމިނގިލި ފިޔަވައި ރާއްޖޭގެ ހުރިހާ އެއާޕޯޓަކަށް ވެސް މޯލްޑިވިއަން އިން ދަތުރުތައް ބާއްވައެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ދޭ އެންމެ ޝަރަފުވެރި އެވޯޑް ކަމުގައިވާ، މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2019ގެ ގާލާ އެޑިޝަންގައި ލީޑިންގް ލޯކަލް ކެރިއާގެ އެވޯޑް މިދިޔަ ހުކުރު ދުވަހުގެ ރޭ ވަނީ މޯލްޑިވިއަން ކާމިޔާބު ކޮށްފައެވެ.
މޯލްޑިވިއަންއިން ބެންކޮކަށް ދަތުރުތައް ފަށާފައިވަނީ 2015ވަނަ އަހަރުގެ މާޗުމަހުގެ 20 ވަނަ ދުވަހުއެވެ. މިިހާރުވެސް އެ އެއާލައިން އިން ހަފްތާއަކު ހަ ދަތުރު ބެންކޮކަށް ކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!