މިއަދު ބާއްވަން ތާވަލުކުރި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރިއަށް ނުގެންދިޔައީި ގަސްދުގައި ރާވައިގެން ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ޕީޖީ ގުރޫޕްގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ޕީޖީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ކޯރަމް ހަމަ ނުވެގެން މަޖިލިސް މެދުކަނޑާލީ މީގެ ކުރިން ޢަމަލުކުރާ އުސޫލަކުން ނޫން ކަމަށެވެ. އަދި ޖަލްސާ ހުއްޓާލާފައިވަނީ ހުއްޓާލަންޖެހޭ ގޮތަކަށް ނޫން ކަމަށެވެ.

Ad
rt

މީގެ އިތުރުން މަޖިލިސް ހުއްޓުވާލިއިރު، މަޖިލިސް ގޯތި ތެރޭގައި ދަޑިމޮކްރޭޓްސް ޕާޓީއަށް ނިސްބަތްވާ މެމްބަރުން ތިއްބެވިކަން ފާހަގަކުރައްވާ އަސްލަމް ވިދާޅުވީ މަޖިލީހުގެ ހޯލުތެރެއަށް ވަދެ، ދޮރު ހުޅުވާ ބައްލަވާލެއްވުމަށް ފަހު ޑިމޮކްރެޓްސްގެ މެމްބަރުން ނިކުންނެވީ ކަމަށެވެ. އަދި ޖަލްސާ ހޯލަށްވަދެ ވަޑައިގެންފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން އެއީ ގަސްދުގައި ކުރެވި ކަމެއްގެ ގޮތުގައި ބެލެވޭ ކަމަށް އަސްލަމް ވަނީ ފާހަގަކުރައްވާފައެވެ.

މަޖިލީހުގެ ރައީސް ނަޝީދު މަގާމުން ދުރުކުރުމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވާއިރު، އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން ފާސްކޮށް، މި މައްސަލަ އިއްޔެ ހަވީރު މަޖިލީހަށް ހުށައެޅީ 48 މެންބަރުންގެ ސޮޔާއިއެކުއެވެ.

މީގެ ކުރިން ވެސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައެޅިއެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއަށް ލިބުނު ނާކާމިޔާބީއަށްފަހު، މި މައްސަލަަ އަނބުރާ ގެންދިޔައީއެވެ.