މި މަހުގެ ނުވަވަނަ ދުވަހުން ސަތާރަވަނަ ދުވަހުގެ ނިޔަލަށް އޮންނަ އިންޓަނޭޝަނަލް ބްރޭކްގައި އިންގްލެންޑުން ކުޅޭ ދެ މެޗަށް އެކުލަވާލި ޓީމުން މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ހެރި މެގުއާއަށް ކޯޗް ސައުތުގޭޓް ފުރުޞަތު ދީފިއެވެ.
އަންނަ އިންޓަނޭޝަނަލް ބްރޭކްގައި އިންގްލެންޑުން ދެ މެޗެއް ކުޅޭނެއެވެ. އެއީ އޮސްޓްރޭލިއާއާއި ދެކޮޅަށް ކުޅޭ ރަހުމަތްތެރިކަމުގެ މެޗާއި ޔޫރޯ ކޮލިފައިންގައި އިޓަލީއާއި ދެކޮޅަށް ކުޅޭ މެޗެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ ފުރަތަމަ އެގާރައިން ޖާގަ ހޯދުން މެގުއާއަށް އުނދަގޫވެފައި ވީނަމަވެސް އޭނާއަކީ އިންގްލެންޑުގެ ކޯޗް ސައުތުގޭޓްގެ މަގުބޫލް ކުޅުންތެރިއެކެވެ. މިދިޔަ މަހު އިންޓަނޭޝަނަލް ބްރޭކަށް އިންގްލެންޑުން އެކުލަވާލި ޓީމުން ވެސް މެގުއާއަށް ވަނީ ޗާންސް ދީފައެވެ.
މިހާތަނަށް މި ސީޒަންގައި ޔުނައިޓެޑުން ދިހަ މެޗު ކުޅެފައިވާއިރު މެގުއާ ކުޅެފައި ވަނީ އެންމެ ދެ މެޗުގައެވެ. އެއީ އެއް މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅުނު ނަމަވެސް ލީގު ކަޕްގައި ކްރިސްޓަލް ޕެލަސް އަތުން ޔުނައިޓެޑް މޮޅުވި މެޗުގައި އޭނާ ވަނީ ފުލްކޮށް ކުޅެފައެވެ.
މެގުއާއަށް ޔުނައިޓެޑްގައި އެކަށީގެންވާ ކުޅުމެއް ނުދެއްކުނު ނަމަވެސް އިންގްލެންޑްގެ ގައުމީ ސްކޮޑަށް ނަގާތީ އިނގިރޭސި ސަޕޯޓަރުންގެ ނުރުން ވެސް ވަނީ މީގެ ކުރިން ވެސް ކޯޗް ސައުތުގޭޓަށް އަމާޒުވެފައެވެ.
މި ފަހަރު ސްކޮޑުން ފުރުސަތު ލިބުނު ކުޅުންތެރިންގެ ތެރޭގައި ވެސްޓް ހޭމްގެ ޖެރޮޑް ބޮވެންއާއި އެސްޓަން ވިލާ އަށް ކުޅެމުން އަންނަ ފޯވާޑް އޮލާއީ ވަޓްކިންސްއެވެ. މި ސީޒަންގައި ވެސްޓްހޭމްގެ އެޓޭކްގައި ވަޓްކިންސް އަންނަނީ މޮޅަށް ކުލެމުންނެވެ. ކޯން ސައުތުގޭޓް ވަނީ ސައުދީ ލީގުގައި ކުޅެމުން އަންނަ ހެންޑަޝަން އަށް ވެސް ސްކޮޑުން ފުރުޞަތު ދީފައެވެ.
ފަހަކަށް އައިސް ޗެލްސީއަށް ކުޅެމުން އަންނަ ރަހީމް ސްޓާލިންއަށް އިންގްލެންޑްގެ ސްކޮޑުން ޖާގަ ނުލިބެއެވެ. މިފަހަރު ވެސް އޭނާއަށް ވަނީ ފުރުޞަތު ގެއްލިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!