ހިޔާ ފްލެޓުން މިއަދު ކަރަންޓު ކަނޑާލާނެ ކަމަށްބުނެ ފަތުރާފައިވަނީ ދޮގު ހަބަރެއް ކަމަށް ސްޓޭލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނެފައިވަނީ ހިޔާ ފްލެޓުތަކުން މިއަދު ކަރަންޓު ކަނޑާނެ ކަމަށްބުނެ "ދިޔަރެސް" ނޫހުގައު ޝާއިއު ކޮށްފައިވާ ހަބަރަކީ ކަނޑައެޅިގެން ހަގީގަތާއި ހިލާފު ދޮގު ހަބަރެއް ކަމަށެވެ.

Ad
rt

ސްޓެލްކޯއިން ބުނެފައިވަނީ އެ ކުންފުނިން ފޯރުކޮށްދޭ ކަރަންޓުގެ ހިދުމަތުގެ ވިއުގައަށް ގެންނަންޖެހޭ އަޕްގްރޭޑްތައް ގެނައުމުގެ ބޭނުމަށް އެއްވެސް ސަރަހައްދަކުން ކަރަންޓުގެ ހިދުމަތް މެދު ކެނޑުމަށް މިއަދު ތާވަލް ކުރެވިފައިނުވާ ކަމަށެވެ.

ސްޓެލްކޯއަކީ އެތަކެއް ރައްޔިތުންގެ ދިރިއުޅުމާއި ސީދާ ގުޅިފައިވާ ކުންފުންޏަކަށްވާއިރު ކުންފުންޏާއި ގުޅޭ މިފަދަ ހަބަރުތައް ޝާއިއު ކުރުމުގައި ޒިންމާދާރުވެ، ކުންފުނީގެ ބަސް މިފަދަ ކަންކަމުގައި ހޯދުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.