ކުށްތަކަށް އަރައިގަންނަ ގްރޫޕްތަކުގެ ހަރަކާތްތައް އިތުރުވާކަމަށް ފެންނާތީ ސަލާމަތީ ކަންކަން ވަރުގަދަކޮށްފިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ މާލެއާއި ރާއްޖޭގައި ކުށްތަކަށް އަރައިގަންނަ ގްރޫޕްތަކުގެ ހަރަކާތްތައް އިތުރުވެފައިވާކަން ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

Ad
rt

އެހެންކަމުން ސަލާމަތީ ފިޔަވަޅުތައް އަޅައި، އިންތިހާބުގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެ އިދާރާ އިން ކުރަންޖެހޭ މަސައްކަތް ކުރަމުން ދާކަމަށެވެ.

މީގެ އިތުރުން މިފަދަ ގްރޫޕްތަކަށް ނިސްބަތްވާ ފަރާތްތަކުން ބައެއް މީހުންނަށް އިންޒާރުދީ ބިރުދެއްކުމާއި މިއަދު އިންތިހާބާއި ގުޅުންހުރި ކަންކަމުގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކަށް ހަމަލާ ދިނުންފަދަ މައްސަލަތައް ވެސް އެ އިދާރާ އަށް ހުށަހެޅިފައިވާ ކަމަށާއި މި މައްސަލަތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންދާ ކަމަށް ވެސް ފުލުހުން ވދާޅުވެފައި ވެއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން މިހެން ވިދާޅުވެފައިވާއިރު، މިއަދު ކުރިއަށްދާ އިންތިހާބުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު ނިހާދާއި، އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފަށް ވަނީ ބަޔަކު ހަމަލާދީ ޒަހަމް ކޮށްފާފައެވެ. އަދި ބައެއް އެހެން ފަރާތްތަކަށް ވެސް އިންޒާރުދިނުމުގެ ކަންކަން ކުރަމުންދާ ކަމުގެ ތުހުމަތު ދަނީ ކުރަމުންނެވެ.

ފުލުނުންގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަ ކޮށްފައިވާއިރު، ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ވަނީ އެމްޑީޕީން ހަމަނުޖެހުން ހިންގަން އުޅޭކަމަށް ތުހުމަތު ކުރައްވާފައެވެ.