ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކޮމިއުނިޓީ ފަންޑުގެ މިއަހަރުގެ ދެވަނަ ފިޔަވަހީގެ ދަށުން އެހީތެރިކަން ފޯރުކޮށްދޭ ޕްރޮޖެކްޓުތައް ހޮވައިފިއެވެ.
ދެވަނަ ފިޔަވަހީގައި ފަންޑަށް އެދުމަށް ހުޅުވާލި ފުރުސަތުގައި ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން އެ ބޭންކުން ވަނީ އެންމެ ރަނގަޅު 10 ޕްރޮޕޯސަލް ހޮވައިފައެވެ.
ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން އެހީތެރިކަން ފޯރުކޮށްދޭ ޕްރޮޖެކްޓުތައް:
1. ފިިޔަވަތީގައި ކުޑަކުދިންނަށް ލިޔަންކިޔަން ދަސްކޮށްދޭ ޕްރޮގްރާމް - ދަ ރީޑިންގ ރޫމް، ހުޅުމާލެ
2. އަންހެނުންނަށް ހާއްސަ ޕްރޮގްރާމް- އެސޯސިއޭޝަން އޮފް ލޭޑީ އެންޓްރަޕްރެނާރސް، ހއ. ތަކަންދޫ، އއ. އުކުޅަސް އަދި ވ.ފުލިދޫ
3. ސައުންޑް ސިސްޓަމެއް ގާއިމްކުރުން - ތުޅާދޫ ސްޕޯޓްސް ކްލަބް، ބ. ތުޅާދޫ
4. އައުޓްޑޯ ބީޗް ޝަވަރ އޭރިއާ - ނޮޅިވަރަންފަރު ޔޫތް ޑިވެލޮޕްމަންޓް، ހދ. ނޮޅިވަރަންފަރު
5. ކޮމިއުނިޓީ ޕްރޮގްރާމްސް - ފީނާ އެކަޑަމީ، ހއ. ދިއްދޫ
6. ސްކޫލުގައި ގާއިމުކުރާ އައުޓްޑޯ ރީޑިންގ ޕާކް - ނާދިލް މުތައްހިދީން، ށ. މަރޮށި
7. ސްކޫލުގައި ގާއިމްކުރާ އައުޓްޑޯ ރީޑިންގ ޕާކް - ކަޒިންސް ޔުނިޓީ ޓުވާރޑްސް އެމްޕަވަރމަންޓް، ރ. އަނގޮޅިތީމު
8. ވިންސިއަރ ފުޓްބޯލް ޓްރެއިނިންގ ޕްރޮގްރާމް - ވިންސިއަރ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ތ. ގުރައިދޫ
9. ސްމަރޓް ސްކޫލް ސިސްޓަމްސް ހަރުކުރުން - މޯލްޑިވްސް ކޮމިއުނިޓީ އެންޕަވަރމަންޓް ނެޓްވޯކް، ލ. ގަން
10. ސްކޫލުގައި ގާއިމްކުރާ އައުޓްޑޯ ރީޑިންގ ޕާކް - އިހަވަންދޫ މަސްވެރިންގެ ގުޅުން، ހއ. އިހަވަންދޫ
ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލި ފަންޑެކެވެ. މި ފަންޑުގެ ދަށުން މިހާތަނަށް 100 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދީފައެވެ.
ބީއެމްއެލުން ހޮވޭ ކޮންމެ ޕްރޮޕޯސަލްއެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50،000 ރުފިޔާއާ ހަމައަށް އެހީތެރިކަން ފޯރުކޮށްދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!