އުރީދޫ ކްލަބް ޕްރިމިއާ މެމްބަރަކަށް ވެގެން ފަހުގެ އައިފޯނެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ފުރުސަތުގެ ދަށުން އުރީދޫ މޯލްޑިވްސް އިން ހަދިޔާ ކުރަން ނިންމާފައިވަނީ އައިފޯން 15 ޕްރޯ މެކްސް ފޯނެކެވެ.
އުރީދޫ ކްލަބް ޕްރިމިއާ މެމްބަރަކަށް ވާން ބޭނުންވާ ކަސްޓަމަރުންނަށް ޕޯސްޓްޕެއިޑް ޕްލޭން 1000 އަދި އެއަށްވުރެ ބޮޑުކުރުމުން މެމްބަރަކަށް ވެވޭނެއެވެ. މިއާއެކު އުރީދޫގެ ހާއްސަ ފައިދާތައް އެ ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.
މި އޮފާ އުރީދޫއިން ހުޅުވާލާފައިވަނީ 30 ނޮވެމްބަރުގެ ނިޔަލަށެވެ.
މި އޮފާގައި އަލަށް ކްލަބް ޕްރިމިއާ މެމްބަރަކަށް ވާ ކަސްޓަމަރުންނާއި މިހާރުވެސް ކްލަބް ޕްރިމިއާ މެމްބަރުންނަށް ބައިވެރިވެވޭނެއެވެ. މިހާރުގެ މެމްބަރުންނަށް މި އޮފާގައި ބައިވެރިވެވޭނީ ޕްލޭން އަޕްގްރޭޑް ކޮށްގެންނެވެ.
އުރީދޫގެ ޕްލޭން އަޕްގްރޭޑް ކުރަން ބޭނުންވާ ކަސްޓަަމަރުންނަށް http://ore.do/upg ނުވަތަ http://ore.do/snupg މެދުވެރިކޮށް އަޕްގްރޭޑް ކުރެވޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!