ފްރާންސް ފުޓްބޯޅަ މެގަޒިން އިން އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށް ދޭ ބެލޮންޑިއޯ އެވޯޑަށް ވާދަކުރާ ކުޅުންތެރިންގެ ލިސްޓް އާންމުކޮށްފިއެވެ.

ބޮލެންޑިއޯ އެވޯޑަށް ވާދަކުރާ 30 ކުޅުންތެރިންގެ ލިސްޓް އާންމުކުރި އިރު، މި އަހަރުގެ ލިސްޓްގައި ކްރިސްޓިއާނޯ ރޮނާލްޑޯ ނުހިމެނެއެވެ. ރޮނާލްޑޯއަކީ މި ލިސްޓަށް އެންމެ ގިނައިން ނޮމިނޭޓް ވީ ކުޅުންތެރިޔާއެވެ. އޭނާ ވަނީ ޖުމްލަ 18 ފަހަރު މި އެވޯޑަށް ނޮމިނޭޓް ވެފައެވެ. ރޮނާލްޑޯ ވަނީ މި އެވޯޑް ފަސްފަހަރު ހޯދާފައެވެ.

Ad
rt

މި އަހަރުގެ އެވޯޑަށް ހަތްފަހަރު މި އެވޯޑް ހޯދާފައިވާ އާޖެންޓީނާގެ ލައޮނަލް މެސީ ވަނީ ނޮމިނޭޓް ވެފައެވެ. މިއީ މެސީ މި އެވޯޑަށް ނޮމިނޭޓްވީ 16 ވަނަ ފަހަރެވެ. މެސީއަކީ މި އެވޯޑް އެންމެ ގިނައިން ހޯދި ކުޅުންތެރިޔާއެވެ.

މި އަހަރުގެ އެވޯޑަށް އެންމެ ބޮޑަށް ވާދަކުރާނެ ކަމަށް ބެލެވެނީ މިދިޔަ އަހަރ ޕީއެސްޖީއާއިއެކު ފްރާންސް ލީގު ކާމިޔާބު ކުރުމުގެ އިތުރުން މިދިޔަ އަހަރު ބޭއްވި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް އާޖެންޓީނާއާއިއެކު ކާމިޔާބުކުރި މެސީއާއި މިދިޔަ ސީޒަންގައި މެންޗެސްޓާ ސިޓީއާއިއެކު ޗެމްޕިއަންސް ލީގާއި ޕްރިމިއާ ލީގުގެ އިތުރުން އެފްއޭކަޕް ކާމިޔާބުކުރި ހާލަންޑެވެ.

ބޮލެންޑިއޯ އެވޯޑް ލިބޭ ކުޅުންތެރިޔާ އިއުލާންކޮށް އެވޯޑް ހަވާލުކުރުން އޮންނާނީ އަންނަ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހު އޮންނަ ބެލެންޑޯ އެވޯޑު ހަފްލާގައެވެ.

ބޮލެންޑިއޯއަށް ވާދަކުރާ 30 ކުޅުންތެރިން
ޖޮސްކޯ ގްވާޑިއޮލް (މެނެޗެސްޓާ ސިޓީ)
އަންދްރޭ އޮނާނާ (މެންޗެސްޓާ ޔުނައިޓެޑް)
ކަރިމް ބެންޒެމާ (އަލް އިއްތިހާދް)
ޖަމާލް މުސިއާލާ (ބަޔާން މިއުނިކް)
މޮހެމެޑް ސަލާހް (ލިވަޕޫލް)
ޖޫޑް ބެލިންހަމް (ރެއާލް މެޑްރިޑް)
ބުކަޔޯ ސަކާ (އާސެނަލް)
ރަންޑަލް ކޯލޯ މުއާނީ (ޕީއެސްޖީ)
ކެވިން ޑި ބްރޭނާ (މެންޗެސްޓާ ސިޓީ)
ބާނާޑޯ ސިލްވާ (މެނެޗެސްޓާ ސިޓީ)
ކްވަރަސްޚޭލިއާ (ނަޕޯލީ)
އެމިލިއާނޯ މާޓިނޭޒް (އެސްޓަން ވިލާ)
ރުބެން ޑިއާޒް (މެނެޗެސްޓާ ސިޓީ)
ނިކޮލާ ބަރެއްލާ (އިންޓަ މިލާން)
އާލިން ހާލަންޑް (މެންޗެސްޓާ ސިޓީ)
ޔާސީން ބޯނޯ (އަލް ހިލާލް)
މާޓިން އޮޑެގާޑް (އާސެނަލް)
ހޫލިއަން އަލްވަރޭޒް (މެންޗެސްޓާ ސިޓީ)
ގުންޑޮގަން (ބާސެލޯނާ)
ވިނީސިއަސް ޖޫނިއާ (ރެއާލް މެޑްރިޑް)
ލެވަންޑޯސްކީ (ބާސެލޯނާ)
ގްރިޒްމަން (އެތުލެޓިކޯ މެޑްރިޑް)
ލައުޓާރޯ މާޓީނޭޒް (އިންޓަ މިލާން)
ލައޮނަލް މެސީ (އިންޓަ މިއާމީ)
ރޮޑްރީ (މެންޗެސްޓާ ސިޓީ)
އެމްބާޕޭ (ޕީއެސްޖީ)
ކިމް މިން ޖޭ (ބަޔާން މިއުނިކް)
ވިކްޓަރ އޮޝީމެން (ނަޕޯލީ)
ލުކާ މޮޑްރިޗް (ރެއާލެ މެޑްރިޑް)
ހެރީ ކޭން (ބަޔާން މިއުނިކް)