ބ. ތުޅާދޫ އެއާޕޯޓުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ކެޕިޓަލް މެރިން އެންޑް ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާާލުކޮށްގެން ކުރިއަށް ގެންދާ މި މަސައްކަތް ފަށާފައިވަނީ މިއަދުއެވެ.

Ad
rt

ތުޅާދޫ އެއާޕޯޓު އަޅަން 44.70 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވީނަމަވެސް އެ މަސައްކަތް ނިމޭނެ ދުވަހެއް ޕްލޭނިން މިނިސްޓްރީން ވިދާޅެއް ނުވެއެވެ.

ތުޅާދޫގެ އިތުރުން ށ. ބިލަތްފައްސާއި ތ. ވިލުފުށީގެ ބިން ހިއްކުމުގެ މަސައްކަތް ވެސް ހަވާލުކޮށްފައިވަނީ ކެޕިޓަލް މެރިން ކޮންސްޓްރަކްޝަން އާއެވެ. އެ މަސައްކަތް ހަވާލުކުރީ 42.4 މިލިއަން ޑޮލަރު (653 މިލިއަން ރުފިޔާ) ގެ އަގަކަށެވެ.

ރާއްޖޭގެ ދަތުރުފަތުރުގެ ސިނާއަތް ހަރުދަނާކޮށް ކުރި އެރުވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން މީހުން ދިރިއުޅޭ ރަށަކުން ފުރައިގެން 20 ނުވަތަ 30 މިނެޓުން ދެވޭ ސަރަހައްދުގައި އެއާޕޯޓު ތަރައްގީކުރުމަކީ ސަރުކާރުގެ ސިޔާސަތެވެ.