މޭރީ މަރާލުމުގެ ދައުވާލިބޭ މާވިން އިސްލާމްވެއްޖެ
ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރާލި މައްސަލާގައި ދައުވާލިބޭ އޭނާގެ ފިރިމީހާ މާވިން ވާގަސް ޖަލުގައި ހުރެ އިސްލާމްވެއްޖެ އެވެ. އައިޖީއެމްއެޗްގައި މަސައްކަތްކުރި މޭރީ އޮކްޓޫބަރު، 2021 މޭރީ މަރާލި އޭނާގެ ކަރަށާއި ބޮލަށް ދިން ހަމަލާތަކެއްގަ އެވެ. އެ މައްސަލާގައި މާވިންގެ މައްޗަށް، އެނގިހުރެ މީހަކު މެރުމުގެ ދައުވާ ކުރާއިރު މާވިންއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމަށް ތުހުމަތު ކުރެވޭ ދިވެހި ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާގެ މައްޗަށް އެކަމުގައި ބައިވެރިވުމުގެ ދައުވާ […]