އޮމާންގެ ވެރިރަށް، މުސްކަޓުގައި މިދިޔަ މަހު ބޭއްވި ވޯލްޑް ޓްރެވެލް އެވޯޑް ހަފްލާގައި ރާއްޖެއަށް ހަތް އެވޯޑެއް ލިބިއްޖެއެވެ.
މި ހަފްލާގައި، ލީޑިން ވޯޓާ ވިލާ ރިސޯޓުގެ އެވޯޑު ހަތަރުވަނަ ފަހަރަށް ސަން ސިޔާމްގެ ސަން އަކުއާ ވިލުރީފު ރިސޯޓް ވަނީ ހޯދާފައެވެ. އަދި މިއީ މި އެވޯޑް ވިލުރީފުން ޖައްސަޖައްސައިނ ހޯދި ތިންވަނަ އަހަރުވެސް މެއެވެ. ދުނިޔޭގެ އެއްވަނަ ވޯޓާވިލާގެ އެވޯޑުގެ އިތުރުން އެ ރިސޯޓުން ވަނީ އިންޑިއާ ކަނޑުގެ ސަރަހައްދުގެ ލީޑިން ވޯޓާ ވިލާގެ އެވޯޑުވެސް ހާސިލް ކޮށްފަ އެވެ.
ފަތުރުވެރިކަމުގެ އެންމެ ޝަރަފްވެރި މި އެވޯޑް ހަފްލާގައި ރާއްޖޭގެ ރިސޯޓްތަކާއި ހޮޓެލްތައް ހިމެނޭ ގޮތަށް ލިބިފައިވާ ޖުމްލަ އަށް އެވޯޑަކީ:
- ވޯލްޑް ލީޑިން އެއާޕޯޓް ރިސޯޓް: ހުޅުލޭ އައިލެންޑް ހޮޓަލް (އެޗްއައިއެޗް)
- ވޯލްޑްސް ލީޑިން ހަނީމޫން ރިސޯޓް: ޖޭއޭ މަނަފަރު
- ލީޑިން އައިލެންޑް ވިލާ: ޑަބްލިއު މޯލްޑިވްސް
- ލީޑިން ލަގްޒަރީ އައިލެންޑް ރިސޯޓް: އެސްޓީ ރެޖިސް މޯލްޑިވްސް ވޮއްމުލި ރިސޯޓް
- ލީޑިން އަންޑަވޯޓާ ހޮޓަލް، ރެސްޓޯރަންޓް: އިތާ އަންޑަސީ ރެސްޓޯރަންޓް، ކޮންރެޑް މޯލްޑިވްސް ރަންގަލި ރިސޯޓް
- ވޯލްޑްސް މޮސްޓް ރޮމޭންޓިކް ރިސޯޓް: ބަރޮސް މޯލްޑިވްސް
- ވޯލްޑް ލީޑިން ސީ ޕްލޭން އޮޕަރޭޓަ: ޓްރާންސް މޯލްޑިވިއަން އެއާވޭސް
- ވޯލްޑް ލީޑިން ބީޗް ޑެސްޓިނޭޝަން
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!